ދުނިޔެ

އޮސްޓްރޭލިއާއިން 2022 ފެށީ ރިކޯޑް އަދަދެއްގެ ފައްސި ވޭދަނައާ އެކު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022ވަނަ އަހަރުގެ ފުރަތަމަ ދުވަހުގެ މަދު ވަގުތުކޮޅުގައި އޮސްޓްރޭލިއާއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by WAMCO

ނިއު ސައުތު ވޭލްސްއާއި ވިކްޓޯރިއާ ސްޓޭޓުން ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ވޭދަނަ ރެކޯޑް ކޮށްފައިވާ އިރު، ހޮނިހިރު ދުވަހު އެ ދެ ސްޓޭޓުން ވެސް 22،577 އަދި 7،442 ވޭދަނަ ރެކޯޑް ކޮށްފައިވާ ކަމަށް ހެލްތު ޑިޕާޓްމެންޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނިއު ސައުތު ވޭލްސްގައި ކޮވިޑް-19 ޖެހިގެން ހަތަރު މީހަކު އަދި ވިކްޓޯރިއާގައި ނުވަ މީހަކު މަރުވެފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2250އަށް ވުރެ މައްޗަށް އަރައިފައެވެ.

ކުއީންސްލޭންޑް، ޓަސްމާނިއާ އަދި އޮސްޓްރޭލިއާގެ ކެޕިޓަލް ޓެރިޓަރީން ހިމަނައިގެން އޮސްޓްރޭލިއާއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 33،161އަށް އަރައިފައިވާއިރު، ހުޅަނގު އޮސްޓްރޭލިއާ އަދި ނޯދަން ޓެރިޓަރީން ނަމްބަރުތައް އަދި ނެރެފައެއް ނުވެއެވެ. މި ނަންބަރުތަކާ އެކު، ބަލި ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވާނެއެވެ.

އެ ޤައުމުގައި ކޮވިޑް-19އާ ގުޅިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 388އިން 901އަށް އިތުރުވެ، އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ތިބި މީހުންގެ އަދަދު 50އިންސައްތައާ ގާތްކުރާ އަދަދަކަށް އިތުރުވެފައި ވެއެވެ.

އައު ފާހަގަ ކުރުމަށް ބޭއްވި ހަފްލާތަކާއެކު މި ނަންބަރު އަނެއްކާ ވެސް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!