ޚަބަރު

ބޭރު ޤައުމުތަކަށް ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވެލާނާ އިންޓަރނޭޝަނަލް އެއަަރޕޯޓް

ބޭރު ޤައުމުތަކަށް ރާއްޖެއިން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ.

Ads by Hajj Corporation

ރެއިން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށައިފައިވާ އިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މީގެ ކުރިން ނަގަމުން އައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ނެގުން ވަނީ ހުއްޓައިލައިފައެވެ.

ޑިޕާޗާ ޓެކްސްއަކީ ރާއްޖެއިން ބޭރަށް ކޮންމެ އެއަރޕޯޓަކުން ދަތުރު ކުރިޔަސް ނެގުމަށް ނިންމައިފައިވާ ފީއެކެވެ. މި ފީ ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ މަހު ފަސް ވަނަ ދުވަހުއެވެ.

ޑިޕާޗަރ ފީ ނަގަމުން އަންނަނީ ދަތުރު ކުރާ ކްލާހަކަށް ބަލައި އެކި ވަރަށެވެ. މިގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގަނީ 12 ޑޮލަރެވެ. އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނަގައެވެ. ބިޒްނަސް ކްލާހުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން، 60 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ފަސްޓު ކްލާހުން ދަތުުރު ކުރާ ފަރާތްތަކުން 90 ޑޮލަރު ނެގުމަށް ވަނީ ނިންމައިފައެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ ނަމަ 120 ޑޮލަރު މި ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި މިއަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވެއެވެ.

ދެ އަހަރު ނުވާ ކުޑަކުދިންނާއި ޓްރާންސިޓް ފަސިންޖަރުންނާއި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންގެ އަތުން ޑިޕާޗާ ޓެކްސްއެއް ނުނަގާނެއެވެ.

Ads by Ooredoo
  1. ސަމީރު

    ބަނޑުގައި އޮންނަ ދަރިފުޅު އަތުން ވެސް ނަގަންވީ.މިފަހަރު މަޖިލީސް ހުޅުވުނީމާ އެރައިވަލް ޓެކްސް ނަގަން ޖެހޭނެ.

  2. ނަކަސް

    ކިހާ ދެކޮޅު ނުޖެހޭ ކަމެއް ފުރާ ކޮންމެ މީހެއްގެ އަތުންވެސް ނަގަން ޖެހޭނެ.. ޑިޕޮލޮމެޓިކް ވާންޖެހޭނީ ގޭގަ

  3. ދިވެހިން އަތުންވެސް ނަގަނީ ޑޮލަރުންތަ މީފޭރޭސަރުކާރެއް

  4. ޢަވާމެނދުރު

    މެންބަރުންނާ ސަރުކާރުގެ މަތީމަގާމުގާތިބޭ މީހުން އަތުން ނަގާނެކަމެތްނެތް މެދުފަންތީއާ ދަށުފަންތީގެމީހުން އަތުން ނަގާ އޯކޭ މިއޮތީވާ ހެޔޮސަރުކާރެތް ލިބިފާ މިވަރެތް ހަމަނެތް

  5. ޢިބްރާހިމް

    ތިވެސްް ނަގަންވީީ ފަގީރުު މީހާާ އަތުންަަތަ؟