އިޒްރޭލުން ފުރަތަމަ ފަހަރަށް “ފްލޯރޯނާ”ގެ ވޭދަނައެއް ފެނިއްޖެ

އިންފްލުއެންޒާ އަދި ކޮވިޑުގެ ޑަބަލް އިންފެކްޝަނެއް ކަމަށްވާ ފްލޮރޯނާގެ ފުރަތަމަ ވޭދަނަ އިޒްރޭލުން ފެނިއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފްލޮރޯނާއަށް ފުރަތަމަ ފައްސިވީ ވިހަން އެޑްމިޓުކުރި މާބަނޑު އަންހެނެކެވެ. އިޒްރޭލުގެ ނޫހެއް ކަމަށްވާ ޔެޑިއޯތު އަހްރޮނޮތްގައި ބުނެފައި ވަނީ އެ ޒުވާން އަންހެން މީހާއަށް ދެ ވައިރަހުގެ ވެކްސިން ވެސް ދީފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ރިޕޯޓްތައް ބުނާގޮތުން އިންފްލުއެންޒާ ވައިރަސްއާއި ކޮރޯނާ ވައިރަސް އެއްފަހަރާ ހަށިގަނޑަށް ވަންނަމުންދާއިރު، މިއީ މީހެއްގެ ދިފާއީ ނިޒާމު ވަރަށްބޮޑަށް ބަލިކޮށްދޭ ކަމެކެވެ.
ކޮވިޑުގެ އޮމައިކްރޯންއާއި ޑެލްޓާ ވޭރިއަންޓްގެ ވޭދަނަތައް އިތުރުވަމުން ދަނިކޮށް މި ވޭދަނަ ފެނިފައި ވިޔަސް އެއީ އައު ވޭރިއަންޓެއް ނޫންކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި އަރިދަފުސް ރޯގާއާއި ކޮރޯނާ ވައިރަސް އެއްފަހަރާ ޖެހު މާބެހޭ ދިރާސާތައް ވެސް ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އިޒްރޭލުގެ ޑޮކްޓަރުން ބުނާގޮތުގައި އެ ގައުމުގައި އިންފްލުއެންޒާގެ ވޭދަނަތައް ފާއިތުވި ދުވަސްތަކުގައި ފެންމަތިވެފައިވެއެވެ.
ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި އިންފްލުއެންޒާއާއި ކޮވިޑުން ރައްކާތެރިވުމަށް އެންމެ އެކަށޭނަ ގޮތަކީ އިންފްލުއެންޒާ އަދި ކޮވިޑް ވެކްސިން ބޭނުންކުރުމެވެ.