ޚަބަރު

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.32 މިލިއަނަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެލާނާ އިންޓަރނޭޝަނަލް އެއަަރޕޯޓް

ނިމިގެންދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1.32 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން މިއަދު އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ ޑިސެންބަރު މަހުއެވެ. އެމަހު 164،279 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އެންމެ ގިނަ ފަތުރުވެރިން އައީ ޑިސެމްބަރު ހަތްވަނަ ދުވަހުއެވެ. އެދުވަހު 7،089 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ފަތުރުވެރިން އެވްރެޖުކޮށް 6.7 ރޭ ހޭދަކުރިއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ޤައުމަކީ:

1- އިންޑިއާ (ޖުމްލަ ފަތުރުވެރިންގެ %22.1)

2- ރަޝިއާ (ޖުމްލަ ފަތުރުވެރިންގެ %16.8)

3- ޖަރުމަން (ޖުމްލަ ފަތުރުވެރިންގެ %7.2)

4- ޔޫކޭ (ޖުމްލަ ފަތުރުވެރިންގެ %4.7)

5- އެމެރިކާ (ޖުމްލަ ފަތުރުވެރިންގެ %4.2)

މިހާރު ރާއްޖޭގައި 929 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބަހުއްޓެވެ. އެއީ 53،160 އެނދެވެ.

މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ އެއްމިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒު އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ ހާސިލްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!