ކޮވިޑް-19 : ހަފްތާއެއްތެރޭ ރިސޯޓުތަކުން 500 އަށް ވުރެ ގިނަ މީހުން ފައްސިވެއްޖެ

މިދިޔަ ހަފްތާގައި ރާއްޖޭގެ ރިސޯޓުތަކުން 500އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ.
ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ 96،000އިން މައްޗަށް އަރައިފައެވެ. ރިސޯޓުތަކުން ފައްސިވާ މީހުން ކުޑަ ދުވަސްކޮޅަކަށް މަދުވި ނަމަވެސް، އަނެއްކާ ވެސް އެ އަދަދުތައް ވަނީ މައްޗަށް ދާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރިސޯޓުތަކުން 80 މީހުން ވަނީ ފައްސިވެފައެވެ.
ރިސޯޓުތަކުގައި ކޮވިޑަށް ފައްސިވާ މީހުން އިތުރުވަމުން ދިޔަ ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ޓޫރިޒަމް މިނިސްޓްރީން ވެސް ދީފައެއް ނުވެއެވެ. އަދި ރިސޯޓުތަކުގެ ނަމާއި ފައްސިވާ ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފާއިތުވި ހަފްތާތަކުގައި ރާއްޖެއިން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ވެސް ވަނީ މައްޗަށް އަރައިފައެވެ. މި އަދަދުތައް 100އިން މަތީގައި ހުރިތާ ދެ ހަފުތާ ވެފައިވާއިރު މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ވޭދަނަތައް ރެކޯޑް ކުރެވިފައި ވަނީ 198 ވޭދަނައާ އެކު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޖެނުއަރީ މަހުގެ 1ވަނަ ދުވަހު 191 ވޭދަނަ ނިފައިވާއިރު ޖެހިގެން އައި ދުވަހު 190 ވޭދަނަ ރެކޯޑް ކުރެވިފައިވެއެވެ.