ޚަބަރު

ވަށުގިރި ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވ. ވަށުގިރި | ފޮޓޯ: އަވަސް

ވ. ވަށުގިރި ތަރައްޤީ ކުރުމުގައި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އާ ހިލާފުވުމުން އެ ރިސޯޓު 593،750 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

Ads by STELCO

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑްއިން، ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ގަވައިދާ ހިލާފަٍށް ހަދައިފައިވާ ކަމަށެވެ.

އެހެންކަމުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހަދައިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ 16ވަނަ މާއްދާގެ ދަށުންނާއި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް ރިޢާޔަތްކޮށް ޖުމްލަ -/593،750 ރުފިޔާއިން ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

ޖޫރިމަނާ ފައިސާ، 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އެކުންފުންޏަށް އަންގައިފައެވެ.

މިފަހުން އީޕީއޭއިން ވަނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމުން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވެސް 402,500 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!