ޚަބަރު

އިސްރާއީލާ އެކު ގުޅުން ޤާއިމް ކުރަންއުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްލާއީލާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރަން އުޅޭ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ޓައިމް އޮފް އިސްރާއީލުން ކުރި ރިޕޯޓް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.

Ads by Hajj Corporation

މިކަމާ ގުޅިގެން "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއުވާން ވިދާޅުވީ، އެފަދަ ކަމެއްގެ މަޝްވަރާ ނުކުރާ ކަމަށާއި އެ ރިޕޯޓަކީ ދޮގެއް ކަމަށެވެ. އަދި އެ ވާހަކަތަކީ އިސްރާއީލުން ފަތުރާ ޕްރޮޮޕެގެންޑާތަކެއް ކަމަށް މިއުވާން ސިފަ ކުރެއްވިއެވެ.

"ދިވެހިރާއްޖެއާ އިޒްރޭލާ ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއް ވެސް ސަރުކާރުން ނުކުރޭ" މިއުވާން ވިދާޅުވިއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ "ދަ ޓައިމްސް އޮފް އިސްރާއީލް"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއިލާ އެކު ޑިޕްލޮމެޓިކް ގުޅުން ދެން އެންމެ އަވަހަށް ޤާއިމް ކުރާނީ، ދިވެހިރާއްޖެ އަދި ކޮމޯރޯސްއިންނެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރުމަށް ޓަކައި ރާއްޖެ އަދި ކޮމޯރޯސްއިން ދަނީ އިސްރާއީލާ އެކު މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް ރަސްމީކޮށް، މިކަން ކައިރި މުސްތަޤްބަލެއްގައި އިއުލާނު ނުކުރާނެކަމަށް ނަން ހާމަ ނުކުރާ އެ ޤައުމުގެ ޑިޕްލޮމެޓިކް ކަންކަމާ ގުޅޭ ވާހަކަތައް ދަންނަ ފަރާތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓް ކުރެއެވެ.

ރާއްޖެއިން މީގެ ކުރިން އިސްރާއީލާ އެކު ޚާރިޖީ ގުޅުން ބާއްވައިފައިވެއެވެ. އެއީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އެހެން ނަމަވެސް، ރައީސް މައުމޫންުގެ ވެރިކަމުގައި އިސްރާއީލާ އެކު އޮތް ގުޅުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ އެކު ގުޅުން ބޭއްވުމަށް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. މިގޮތުން އޭރުގެ ފޮރިންގ މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ އިސްރާއީލަށް ރަސްމީ ދަތުރުތަކެއް ވެސް ކުރައްވައިފައެވެ.

Ads by Ooredoo
  1. މުޙައްމަދު

    މި ޚަބަރު ސޭވުކޮށްފައި/ސުކުރީންސޮޓު ހަދާފައި ބާއްވަންވާނީ.