ޚަބަރު

މުއިއްޒަށްކުރާ ދައުވާގެ ޝަރީއަތް ކެންސަލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްކުރުމަށް ފަހު އަޑުއެހުން ކެންސަލް ކޮށްފިއެވެެ.

Ads by Sosun Fihaara

މޭޔަރު މުޢިއްޒުގެ މައްޗަށް އުފުލައިފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށި މާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ.

އެހެންވެ އެމަނިކުފާގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 520 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ބ)ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުން މުއިއްޒުގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުން ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10:00 ޖަހާއިރަށެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!