ޚަބަރު

ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސް، ގޮސްވާ އެއްޗަކަށް ހެދުމުން ވާނީ ކުޅިވަރަކަށް: ޑރ. އިޔާޒް

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން އިމޭޖްސް

ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސް, ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. އިޔާޒް މިފަދައިން ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ފިޔަވަޅުތައް އިތުރަށް ހައުކަށި ކުރުމަށް މަޝްވަރާކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލެ ސަރަޙައްދުގައި ބާއްވަމުންދާ ނައިޓް މާކެޓު ހުއްޓައިލާން މާލެ ސިޓީ ކައުންސިލަށް އަންގައިފައެވެ. މީގެ އިތުރުން މީހުން ގިނައިން އެއްވެ ބާއްވާ ހަފްލާތަކާއި އެއްވުންތައް ވެސް މެދުކަނޑައިލާން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

ޑރ. އިޔާޒް ވިދާޅުވީ “ކޮވިޑަކީ ސަރުކާރުން ބޭނުންވީމާ އައިސްފައިވާ ގޮސްވާ އެއްޗަކަށް ހެއްދެވީމާ އެކަން ވަނީ ކުޅިވަރަކަށް”ކަމަށެވެ. އަދި ސަރުކާރުން އެތައް ހާސް ބަޔަކު އެއްކޮށްގެން އައު އަހަރު ފާހަގަކޮށް، އެ ނޫން ވެސް ގިނަ މީހުން ޖަމާވާނޭ ފަދަ ކަންކަމަށް ޖާގަދިން އިރު ކޮވިޑަކީ ވެސް އުޅޭ އެއްޗެއްކަން ހަނދާން ނެތީތޯ އިޔާޒް ވަނީ ސުވާލުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ބައްޔަށް ފައްސިވާ އަދަދުތައް ދަނީ ގިނަވަމުންނެވެ. އެގޮތުން ފައްސިވާ މީހުންގެ އަދަދު 200އަށް ވުރެ މަތީގައި އުޅޭތާ މިހާރު ތިން ދުވަސް ވެއްޖެއެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޮވިޑް-19ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ތިން ހަފްތާކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ މާހިރުން ވިދާޅުވަމުން ގެންދަވާތީ މި ބަލިމަޑުކަމުން ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ އާންމުންނަށް އިލްތިމާސް ކުރައްވައިފައެވެ.

  1. ޖާނޭ

    ޢެއްކަލަ އިޔާޒު ލަންކާއަށް ދިޔައީ ސޯލިހް އާއަހަރު ފާހަގަ ކުރަން މައިދާނު ހަވާލު ކޮށްފައި. މިހާރު ކޮސް ގޮވަންފެށީ. މީނާއަކީ އޯ.އައި.ސީ ގެ މެމަބަރެއް. ޖަމަލު ފޮޑިއެއް.

  2. ފާތިމާ

    އަދިކިރިޔާތަ މިއެގުނީ މީބޭނުން ވީމަގޮސްފަ ބޭނުންވީމަ އަންނަ އެއްޗެއްކަން

  3. އެހެންވަނީ ޗައިނާއިން އެމެރިކާ ބަލިކުރަން ގެންގުޅުނު ސިޔާސީ ހަތިޔާރެއް މިއަދު ސިޔާސީ މީހުން ޤައުމުތަކުގައި ވެސް ސިޔާސީ ހަތިޔާރެއްގެ ގޮތުން ބޭނުން ކުރަނީ !

  4. އަޙް

    ދީނަކީވެސް ކަލޭމެން ޝޭޚުން ބޭނުންވީމާ ބޭނުން ކުލައަކުން އޭގެ ޙުކުމްތަށް ނެރޭ އެއްޗެއްނަުންތޯ؟
    އިއްޔެ ލާދީނީ ވެގެން އެވަރުގެ ނުބައި ބަޔަކަށްވިމީހުން މިއަދު ކޯލީޝަން ހަދަން ވީމާ އެބައިމީހުން ވަރެއްނެތް.އެބައިމީހިންނާއިއެކު ކައިބޮއި މަޖާކޮށް ހަދަނީ!
    ދީންކިޔަވައިގެން އަައިސް ސިޔާސީވެގެން ޑިމޮކްރެސީވެގެން އުޅުނީމާ މީސްތަކުންގެ ލައުނަތް ލިބުންނޫންދެން ކޯއްޗެއްތޯ ކަލޭމެންނަށްޙައްޤުވެގެންވަނީ؟