ޗައިނާއާ އެކު ފަސް އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާ ތަކަކުން ގުޅުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއެވެ.
ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ޗައިނާއެކު ފަސް އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް މީގެ ތެރެއިން އެއްވެސް އެއްބަސްވުމެއްގެ ތަފްސީލެއް ނުދެއްވައެވެ.
ފޮރިން މިނިސްޓްރީން ހާމަ ކުރާ ގޮތުގައި ދެ ޤައުމުގެ ދެމެދުގައިި އެއްބަސްވުން އެކުލަވައިލާން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ސިއްޙީ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި އަދި ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުން ހިމެނެއެވެ. މިގޮތުން، ވިސާގެ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމާއި ރާއްޖެއަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިނަމާލެ ބްރިޖު ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމަކާއި ބޯފެން ފޯރުކޮށްދިނުމަށާއި ސިއްހީ ދާއިރާއިން އެހީވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
މިއަދު ޗައިނާގެ ފޮރިންގ މިނިސްޓަރު ރައީސް ޞާލިޙްއާ ވެސް ބައްދަލު ކުރުމަށް ވަނީ ނިންމައިފައެވެ.
މަވާ ހީކުރީ ޗައިނާގެ އެހީއެއް ބޭނުމެއްނުވާނެ ކަމަށް ހުރިހާކަމެއް އިންޑިއާއިން ކޮށްދޭނެ ކަމަށް.