ޚަބަރު

އެޗްޑީސީއަށް ބިޑާއި ޕްރޮޕޯޒަލް ހުށަހަޅަން ޕޯޓަލެއް ތައާރަފްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިޑާއި ޕްރޮޕޯޒަލް ހުށަހަޅަން ހާއްސަ ޕޯޓަލެއް މިއަދު ތައާރަފުކޮށްފިއެވެ.

Ads by MWSC

އެޗްޑީސީގެ ހާއްސަ މި ޕޯޓަލް ތައާރަފުކުރީ އެކަމަށް ޓަކައި މިއަދު ހެނދުނު އެޗްޑީސީގެ މައި އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ. މިއީ އެ ކުންފުންޏަށް ބިޑް އަދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ އިތުރުން، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ތައާރަފްކުރި ޕޯޓަލެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނި ގޮތުގައި މިއީ ބިޑް އަދި ޕްރޮޕޯޒަލް އޮންލައިންކޮށް އެއް ޕޯޓަލެއް މެދުވެރިކޮށް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވައިލެވޭ އެންމެ ފުރަތަމަ އޮންލައިން ޕޯޓަލެވެ.

މި ޕޯޓަލުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިޑްތަކުގެ ސްޓޭޓަސް ބަލައިލެވުމާއި، ޕްރޮޕޯޒަލްތައް ހުށަހަޅައިފައިވާ ފަރާތްތަކަކީ ކަމަށް ގާބިލު ފަރާތްތަކެއްކަން ޔަގީން ކުރެވުމާއި، ބިޑުތަކާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ދޭ ދައުވަތުތަކަށް ޕްރޮޕޯނަންޓްސް އަދި ވެންޑާޒްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ޕްރޮޕޯޒަލް އަދި ބިޑް ހުށަހެޅުމުގެ އިތުރުން، ބިޑްތަކާ ބެހޭ ގޮތުން މައުލޫމާތު ވެސް ސާފުކުރެވޭނެއެވެ.

އެޗްޑީސީން އަލަށް ތައާރްފުކުރި އެ ޕޯޓަލްގައި ރެޖިސްޓްރީވުމަށް އެކަމަށް ބޭނުންވާ ލިޔެކިއުންތަކާ އެކު އެޗްޑީސީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އެގޮތުން ބިޑް އަދި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލްގެ ހިދުމަތް ލިބޭނީ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!