ހުރަވީ ބިލްޑިންގް ތަޅައިލައި، ޕާކެއް އަޅަނީ
                                                        ހުރަވީ ބިލްޑިންގް ތަޅައިލައި އެތަނުގައި ޕާކެއް ތަރައްގީ ކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްހައި ތެރޭގައި ހުރަވީ ބިލްޑިން ތަޅައިލާން މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެތަން ތަޅައިލުމަށް ފަހު ޕާކިން ޒޯންތަކާ އެކު ޕާކެއް ތަރައްގީ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކުރީގެ ރައީސް ، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެޅި ހުރަވީ ބިލްޑިންގަކީ ކުރިން އޮފީސް އިމާރާތެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އެގޮތުން އެތަނުގައި ކުރިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައް ވެސް މީގެ ކުރިން ހިންގައިފައެވެ. ނަމަވެސް އެ އިމާރާތް ވަރަށް ބޮޑަށް ބައު ވެ، ހަލާކުވާން ފެށުމުން، އެތަނުގައި ހުރި އޮފީސްތައް ވަނީ އެހެން އިމާރާތްތަކަށް ފަހުން ބަދަލު ކޮށްފައެވެ.
 
 
            
                    
            
                    
            
                    
            
                    
		
		
		
		
		
އޮފީސްބިލްޑިންއެއްހެދުން މާރަގަޅުވާނެ ތިތާކައިރީގަ ޅާކެއްގެގޮތުގަ ޖުމްހުރީމައިދާންވެސް އެބައޮތް