އދ. ގެ އާއްމު މަޖިލީހުގެ ރައީސް ވަކި ބަޔަކަށް ކެމްޕެއިނު ކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޑރ. ޝަހީމް
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ވަކި ބަޔަކަށް ކެމްޕެއިނު ކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރކަން ވެސް ކުރައްވާ ޝާހިދު، އެމްޑީޕީގެ ބައެއް އިސްވެރިންނާ އެކު މިވަގުތު ގެންދަވަނީ ކޮމަންްޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވައި ކެންޑިޑޭޓު މުޙައްމަދު ރާޝިދަށް ކެމްޕެއިނު ކޮށްދެއްވުމަށް އެ ދާއިރާގެ ރަށްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުނެވެ.
މިކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކު ވަކި ބައެއްގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅެގެން ނުވާނެ ކަމަށެވެ.
"އދ.ގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ޝާހިދަށް ރާއްޖޭގެ ދާހިލީ އިންތިހާބްތަކުގައި ވަކި ކޮޅަކަށް ތިގޮތަށް ހަރަކާތްތެރި ނުވެވޭނެ. ކޮންމެ ވެސް އެއް ކަމެއް ދޫކޮށްލައްވަން އެބަ ޖެހޭ" ޑރ. ޝަހީމް ވިދާޅުވިއެވެ.
އަބްދުﷲ ޝާހިދު، ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވަމުން ގެންދަވާތީ އެތައް ބަޔަކު މީގެ ކުރިން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފައެވެ.
އދ ކީވެސް މުޅިންވެސް ވަކި ކޮޅަކަށް ބުރަކޮށް އޮންނަ ތަނެއް އެތަނުގައި އަބަދުވެސް އޮންނަނީ މިޒާތުގެ ބޭއިންސާފު ދެން ކިހިނެއްތޯ ދުނިޔެ ސުލްހަ ކުރެވޭނީ އެތަނުގައި އުޅޭ މީހުންގެ އަމަލު މިފެންނަނީ ވަރަށް ބޭއިންސާފު ތަނެއް !