ޚަބަރު ސިޔާސީ

ހިސާބުތަކުން ބުނަނީ ގޮނޑި ނަގާނީ އެމްޑީޕީންކަމަށް: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހަސަން ލަތީފް.. ފޮޓޯ/އަދަދު

މި އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރާނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ށ. ކޮމަންޑޫގައި އޮތް ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، ކެންޕެއިން ފެށި ދުވަހުން ފެށިގެން އެ ބޭފުޅުން ގެންދަވަނީ ހިސާބު ޖައްސަވަމުން ކަމަށާއި މިފަހަރުގެ އިންތިޚާބު ނަގާނީ އެމްޑީޕީން ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް، މި ކެންޕެއިން ލޯންޗް ކުރި ދުވަހުން ފެށިގެން ވެސް، މި ތިން ރަށުގެ ކޮންމެ ރަށެއްގައި ހަރަކާތްތައް ހިނގަމުންދާގޮތް ބަލަމުން، އަދި ހިސާބު ވެސް ޖަހަމުން. އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގެ ހިސާބު ޖަހަމުން، އެ ނަތީޖާތައް ބަލަމުން މި އަންނަނީ. އިރާދަ ކުރެއްވިއްޔާ، މިހައު ހިސާބުން އަޅުގަނޑުމެން ޖެހި ހިސާބުތަކުން ފެންނަ ގޮތުގައި، މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ." ހަސަން ލަތީފް ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި އެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ ރައީސް ޔާމީން ކަމަށާއި، އެ ކަމުން އެ ބޭފުޅުންނަށް އަރައިގަނެވޭކަަށް ނެތްކަމަށް ވިދާޅުވިއެވެ.

މާޔޫސްކަން މަތީގައި ތިއްބެވި ޕީޕީއެމްގެ ކެންޕެއިންގެ ބޭފުޅުންނާއި އަދި ޕީޕީއެމްގެ އިސް ބޭފުޅުންނާ މިއަދު އަޅުގަނޑުމެންނަށް ބައްދަލުވި ކޮމަންޑޫން. ކަރުއެލުވައިލައިފައި ތިބެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑުމެންނާ ދެއްކި ވާހަކަތަކުން އަޅުގަނޑަށް އިތުރަށް ޔަޤީންވެގެން ދިޔައީ، އެ ބޭފުޅުންނާއި އެ ބޭފުޅުންގެ ތެރޭގައި ޖެހިފައި ހުރި މައްސަލަަތައް ހައްލު ކުރެވެން ނެތްކަން.

ހަސަން ވަނީ، ރައީސް ޔާމީން ށ. ފޯކައިދޫގައި ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ރޭ ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގައި މި ވަގުތު އޮތް ޕީޕީއެމްއަށް ދެން ވެސް ސަރުކާރު ލިބިއްޖެ ނަމަ، 2018ވަނަ އަހަރު ވައުދުވީ ފަދައިން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވަމުން ހަސަން ވިދާޅުވީ، ރަށްތަކުގެ މީހުން މާލެއަށް ގެންދަން ޕީޕީއެމްއިން މަސައްކަތް ކުރަނީ ރަށްތައް ފަޅުކޮށް، ފަޅުކުރި ރަށްތައް ވިއްކަން ކަމަށެވެ. އަދި ރައީސް ޔާމީނަކީ އަބަދުވެސް ފަޅުރަށް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ބޭފުޅެއް ކަަމަށް ވިދާޅުވަމުން، ހަސަން ވިދާޅުވީ، ރައީސް ޔާމީންގެ އެއްފަސް ކުރުމުގެ ވާހަކައަކީ ރަށް ވިއްކައިގެން ވިޔަފާރި ކުރާ ވާހަކަ ކަމަށެވެ.

އަދި ރައީސް ޔާމީން ރަށްތައް ވިއްކަވާކަން މިހާރު ވެސް ކޯޓުގައި ހިނގަމުންދާ ކޭސްތަކުން ދޭހަވާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ. އަދި މާލެ ތަރައްޤީ ކުރަންޏާ ރަށްތަކަށް ގެނެވޭނީ ކޮން ތަރައްޤީއެއްތޯ ހަސަން ވަނީ ސުވާލު ކުރައްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ ފޯރި މިހާރު ވަނީ ވަރަށް ވަރުގަދަ ވެފައެވެ.އެއާ އެކު އެއް ޕާޓީން އަނެއް ޕާޓީއަށް ދޭ ބަހުގެ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އާރްޑީސީގެ އެމްޑީ ވަނީ ބޭއަދަބީ ބަސްތައް ވެސް ބޭނުން ކުރައްވައިފައެވެ.

Ads by Allied Insurance
  1. ހިސާބު

    މީހުންބުނެއުޅޭގޮތުގަަ އެމްޑީޕީދާނީީ ފަނުފުލުންް ތިތެޅޭތެޅުންހުއްޓާލާފަަ ދެންވެސްް ބޭކާރުު އަނގަނުތަޅާާ މައިތިރިވެތިބެބޭތޯބެލިއްޔާާ މާތާހިރުވާނެޔޯއެމްޑީޕީގެެ އާއްމުމެމްބަރުންގެެ ވިސްނުމަކީި ފަތުހީކަލަަ ތައުލީމީީ ގާނޫނުދަންނަަ ތަޖުރިބާހުރިި ޖޯޝުގަަ މަސައްކަތްް ކުރާނެެ މީހަކު

  2. ގޮނޑި

    މިފަހަރު ތިގޮޑި އެމްޑީޕީން ނަގާނީވަގައް މީގެކުރިންވެސް އެމްޑީޕީން ވަނީ ގޮޑިތައްވަގައްނަގާފައޭކިޔާ!!!!!

  3. ޚޙގފފ

    ރޯނުއެދުރު