ޚަބަރު

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ކޭބަލަކަށް ގެއްލުންވެ ހިޔާ ފްލެޓްތަކުގެ ހުރިހާ ޓަވަރަކުން ކަރަންޓް ކެނޑިއްޖެއެވެ.

Ads by Sosun Fihaara

ސްޓެލްކޯއިން ދެންމެ ވިދާޅުވީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅައިފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމާ ގުޅިގެން އާންމުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު އެ ޢިމާރާތްތަކުގައި ބޭނުންކުރުމަށް ކޮންމެ ޓަވަރެއްގައި ޤާއިމްކޮށްފައި ވަނީ 4 ލިފްޓެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން އެ ލިފްޓުތައް ވެސް މަސައްކަތް ނުކުރާ ކަމަށް ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!