ދީން

ޑޮކްޓަރުން އުއްމީދު ކަނޑާލި ނަމަވެސް ޒަމްޒަމް ފެނުން ފަރުވާ ލިބުނު މީހެއްގެ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

ޒަމްޒަމް ފެނަކީ އެ ފެނުގައި ބަރަކާތާއި ޝިފާ އެކުލެވިގެންވާ ވަރަށްވެސް މާތް ފެނެކެވެ. މިއީ ސައިންސްގެ ހޯދުންތަކުން ވެސް ޔަގީން ކުރެވިފައިވާ ކަމެކެވެ. އަދި އެއްވެސް މުސްލިމަކު އިންކާރުކުރާ ކަމެއްވެސް ނޫނެވެ.

Ads by STELCO

ބޮސްނިއާ އަށް ނިސްބަތްވާ ނިހާދު ހައްޖަށް ދާން ގަސްތުކުރީ އޭނާގެ ފުރަމޭގައި ޓިއުމަރެއް އުފެދި ޑޮކްޓަރުން އުއްމީދު ކަނޑާލުމުންނެވެ. ހައްޖަށް ގޮސް އުޅެމުން ދިމާވި އިމާމަކަށް އޭނާގެ ވާހަކަ ކިޔައިދިނުމުން ޒަމްޒަމް ފެނުގެ ވާހަކަ ކިޔައިދީ އެ ފެނަކީ ބަލި ތަކުގެ ޝިފާ އެކުލެވޭ ފެނެއް ކަމުގައި ބުންޏެވެ. އަދި ބަލި ފަސޭހަ ވުމަށް އެދޭ ހާލު އެކަމަށް ދުޢާކޮށް ޒަމްޒަމް ފެން ބޯން އެދުނެވެ.

ހަ ރެޔާއި ހަ ދުވަސް ވަންދެން ނިހާދު ޒަމްޒަމް ފެން ބުޔެވެ. މާތް ﷲ ގެ އިރާދަފުޅުން އޭނާގެ ބަލި ފަސޭހަވިއެވެ. ޑޮކްޓަރުން ވެސް ތިބީ މިކަމާއި މެެދު އަންތަރީސްވެފައެވެ.

ޒަމްޒަމް ފެނުގެ މާތްކަމާއި މަތިވެރިކަން ހަމައެކަނި މި ކުޑަކުޑަ ވާހަކައިން ވެސް ހާމަ ވެގެންދެއެވެ.

އިތުރު ރަސޫލާގެ ހަދީޘް ބަސްފުޅެއްގައި ވެއެވެ. " ބިންމަތީގައިވާ އެންމެ ހެޔޮ އަދި އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ."

  1. ނަން ރީމާ

    އަޅުގަނޑު ވެސް ތިން ފެނުން ތަދުރިބާ ކުޑައް ކޮއް ކުރިީ އަޅުގަނޑުން ބައްފަ ބަލިވެން ހޭނެތުން ނިީމާ ޒަމްބޒަމް ފެން ބޯދިނީ އެއިރުއް ޑޮޓަރުން ބުނީވެސް ހޭޣަރަނެތް ކަމެއްނޭގެން އެކަމަކުން ….ޒަމްޒަމް ފެންދިނީމާ ހޭއެރީ އެއި މާތް ފެނެތް