ލައިފްސްޓައިލް

ލިއުކީމިޔާއިން ރަނގަޅުވުމަށް ފަހު، ޗޮއި ސަންގް ވޮން އަނެއްކާ ވެސް ފިލްމީ ދާއިރާއަށް

  • ޚަބަރުތައް ބުނާ ގޮތުގައި ކުރިއަށް އޮތް އެމްބީސީ ޑްރާމާ “ފްރޮމް ނައު އޮން، ޝޯޓައިމް” އިން މި ތަރި ފެނިގެންދާނެ
މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޗޮއި ސަންގް ވޮން

ލިއުކީމިއާ ޖެހުމަށް ފަހު މިހާރު ރަނގަޅު ވެފައިވާ ދެކުނު ކޮރެއާގެ އެކްޓަރު ޗޮއި ސަންގް ވޮން ފިލްމީ ދާއިރާއަށް ވަރަށް އަވަހަށް އެނބުރި އަންނާނެކަމަށް ބުނެފިއެވެ.

Ads by Sosun Fihaara

ޚަބަރުތައް ބުނާ ގޮތުގައި ކުރިއަށް އޮތް އެމްބީސީ ޑްރާމާފްރޮމް ނައު އޮން، ޝޯޓައިމްއިން މި ތަރި ފެނިގެންދާނެއެވެ.

ކޮރެއަން ޓެބްލޮއިޑް ސޮމްޕީއިން ޖެނުއަރީ މަހުގެ 18ވަނަ ދުވަހު ބުނީ ވައިޑް-އެސް ކޮމްޕެނީން ކަށަވަރުކޮށްދީފައިވާ ގޮތުގައި ދާދި ފަހުން ޗޮއި ސަންގް ވޮންއާ އެކު އެކްސްކްލޫސިވް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި އެމްބީސީ ޑްރާމާ،ފްރޮމް ނައު އޮން، ޝޯޓައިމްގައި އޭނާ ފެނިގެންދާނެކަންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާ މިވަގުތު ހުރީ އޭނާގެ ސިއްހީ ރިކަވަރީއަށް ސަމާލުވެ މަޑުމަޑުން ހަރަކާތްތައް އަލުން ފެށުމުގެ ސްޓޭޖްގައިކަމަށް ވެސް ވަނީ ބުނެފައެވެ.

ރިޕްލައި 1988ގެ އެކްޓަރު ޗޮއި ސަންގް ވަން ވަނީ 2016ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެކިއުޓް ލިއުކީމިއާ އާއެކު ދިގު ހަނގުރާމައެއް ކޮށްފައެވެ. ނަމަވެސް ހަމަ އެ އަހަރު ނިމުނު އިރު އޭނާއަކީ ކެންސަރުން ސަލާމަތްވެފައިވާ މީހެއް ކަނޑައެޅިއެވެ. އަދި 2017ވަނަ އަހަރު މި އެކްޓަރު އަނބުރާއެކްޓިންއަށް އެނބުރި އައި ނަމަވެސް 2020ވަނަ އަހަރުގެ ނޮވެމްބަރު މަހު އަނެއްކާ ވެސް ލިއުކީމިއާއަށް ފަރުވާ ހޯދަން ޖެހުނެވެ.

ޕާކް ހޭ ޖިން، ޖިން ކީ ޖޯ އަދި ޖުންގް ޖޯން ހޯ ލީޑް ރޯލް ކުޅޭ މި ޑްރާމާ ވެގެންދާނީ އެމްބީސީގެ ފެންޓަސީ ރޮމް-ކޮމް ޑްރާމާއަކަށެވެ. މި ޑްރާމާ ހެދިފައިވަނީ މަޝްހޫރު ޖާދޫގަރު (ޕާކް ހޭޖިން)ގެ ދިރިއުޅުމަށް ބިނާކޮށެވެ.

މި ޑްރާމާގައި ޗޮއި ސަންގް ވޮމް ފެނިގެންދާނީ އަލަށް ކައިވެނިކުރި މީހެއްގެ ފިރިމީހާގެ ގޮތުގައެވެ. މި ޑްރާމާ ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!