ޚަބަރު

ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.

Ads by MWSC

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ލ. ފޮނަދޫއަށް ނިސްބަތްވާ އުމުރުން 79އަހަރުގެ ފިރިހެނަކާއި 63 އަހަރުގެ އަންހެނެކެވެ.

79 އަހަރުގެ ފިރިހެން މީހާ ނިޔާވީ އެ އަތޮޅު ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. 63 އަހަރުގެ އަންހެންމީހާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަކުން ދަނިކޮށެވެ.

މި ދެ މަރާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 267އަށް އަރައިފައެވެ.

މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!