ރައީސް ސޯލިހު އުޅުއްވަނީ މައުމޫން އުުޅުއްވި ގޮތަށް، ވަގުތު އަރާ ހަމަ ކުރާނެ: ޖަމީލު
- ޖަމީލު ވިދާޅުވީ ރައީސް ސޯލިހު ޣައިރު ގާނޫނީ އެތައް ކަމެއް ހިންގަވައި، ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުޅުއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އުޅުއްވި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަމީލު މިއަދު ޓްވީޓް ކުރައްވައި ވިދާޅުވީ ރައީސް ސޯލިހު ޣައިރު ގާނޫނީ އެތައް ކަމެއް ހިންގަވައި، ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ވެސް ނުބެލި ހުރިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްކަން ޖަމީލު ވަނީ ފާހަގަކުރައްވައިފައެވެ.
"އޭސީސީ އެކުލަވައިނުލާ އެތައް ދުވަހެއް. އެތައްކަމެއް ބެލޭނެ ގޮތެއް ނެތް. ވަޒީރުގެ މައްޗަށް ޖިނާއީ ދައުވާ ކުރިއިރު، ގޮވައިގެން ކުރިއަށް. ކޮރަޕްޝަނާ ދެކޮޅަށް ކިހާ އިހްލާސްތެރި؟" އެމަނިކުފާނުގެ ޓްވީޓުގައި ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުރުން ޖަމީލު ވަނީ ފޮރިން މިނިސްޓަރު، އަދ އދގެ އާންމު މަޖިލީހުގެ ރައީސް ޝާހިދަށް ވެސް ފާޑުވިދާޅުވެފައެެވެ. އެގޮތުން ޝާހިދުއަކީ ޣައިރު ދުސްތޫރީ އަމަލު ހިންގަވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި އެޕާޓްމަންޓްތަކަށް ވުރެ ކުޑަ އަގުގައި ރަށްތަށް ދޫކުރާ ކަމަށް ވިދާޅުވެ، ސަރުކާރުން މުޅި ނިޒާމު ފުނޑައިލައިފައިވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެެ.
"މިއީ ރައީސް މައުމޫން ވެސް އުޅުއްވި ގޮތް، ނިޒާމް ފުނޑައިލައި ބޮޑާވުން. ގާނޫނަށްވުރެ މަތީ އުޅުއްވުން. ވަގުތު އަރާ ހަމަ ކުރާނެ." ޖަމީލު ވިދާޅުވިއެވެ.
މަނިކުފާނުގެ ވަގުތު ވެސް ވަނީ ހަމަވެފަ. ދެން އަނގަ ހިމޭނުން ލައިގެން ހުރެވޭތޯ ބަލާ!!!
ޖަމީލޫލޫލޫއަނގަކެޑޫޑޫޑޫ
30 mins ago
މަނިކުފާނުގެ ވަގުތު ވެސް ވަނީ ހަމަވެފަ. ދެން އަނގަ ހިމޭނުން ލައިގެން ހުރެވޭތޯ ބަލާ!!!
ޑރޖަމީލުއުޅުއްވަނީ ވެލާނާގޭމުހައްމައިދީއުޅުއްވާގޮތަށް