ގެހްރާއިޔާންގެ ޓްރެއިލަރ ނިކުމެއްޖެ
ޝަކުން ބަޓްރާގެ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ގެހްރާއިޔާން"ގެ ޓްރެއިލާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ނެރެފިއެވެ.
ދީޕިކާ ޕަދުކޯން، ސިދާންތު ޗަތުރްވެދީ، އަނަންޔާ ޕަންޑޭ އަދި ދައިރާ ކަރްވާ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ 'ޒަމާނީ ބޮޑެތި މީހުންގެ ގުޅުންތަކަށް އޮތްލޯގަނޑެއް'ގެ ގޮތުގައި މި ފިލްމުގެ ޑައިރެކްޓަރު ވަނީ ސިފަކޮށްފައެވެ.
ޓްރެއިލާ ހުޅުވަނީ އަލީޝާ (ދީޕިކާ ޕަދުކޯން)އާއި ކަރަން (ދައިރާ ކަރްވާ)ގެ ކައިވެނީގެ ހަޔާތުގެ ތެރެއަށް އަލިޝާގެ ކަޒިން ޓިއާ (އަނަންޔާ ޕަންޑޭ) އާއި އޭނާގެ ލޯބިވެރިޔާ ޒައިން (ސިދާންތު ޗަތުރްވެދީ) ތައާރަފުވާ ތަނުންނެވެ.
ޓްރެއިލާއިން ފެނިގެންދަނީ އަލީޝާއާއި ޒައިން އެކަކު އަނެކަކު ދެކެ ލޯބިވެވުމުން ދިރިއުޅުމުގައި ފިތުނަ ފަސާދައަށް މަގުފަހިވާ ގޮތެވެ. ޓްރެއިލާ ނިކުތް ހިސާބުން ދީޕިކާއާއި ސިދާންތްގެ ކެމިސްޓްރީއަށް ބެލުންތެރިންގެ ހުރިހައި ތައުރީފެއް ދަނީ އޮހެމުންނެވެ.
ގެހެރާއިޔާން އެމޭޒަން ޕްރައިމް ވީޑިއޯއިން ރިލީޒް ކުރާން ނިމިފައި ވަނީ މިއަހަރުގެ ފެބްރުއަރީ 11 ގައެވެ. މި ފިލްމު ކުރިން ޖެނުއަރީ 25ގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް ނަމަވެސް މި މަހުގެ ކުރީކޮޅު ވަނީ ރިލީޒްކުރުން ފަސްކޮށްފައެވެ. ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ސޯޝަލް މީޑިއާގައި މިކަން މީގެކުރިން ހާމަކޮށްފައެވެ.
މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދީޕިކާ ޕަދުކޯން ވެސް ވަނީ ފިލްމާ މެދު ހިތްހަމަ ޖެހޭކަން ހާމަކޮށްފައެވެ.
"ގެހެރާއިޔާންގައި އަޅުގަނޑުގެ ކެރެކްޓާ އަލީޝާއަކީ އަޅުގަނޑުގެ ހިތުގެ އެންމެ ގާތް އަދި ހަމަކަށަވަރުން ވެސް ސްކްރީނުގައި އަޅުގަނޑު ދައްކުވައިދިން އެންމެ ޗެލެންޖިން އެއް ކެރެކްޓާ. އެއްފަހަރާ މުނިފޫހިފިލުވުމާއި ޗެލެންޖިން ރޯލެއް ކުޅުމުގެފުރުސަތު ލިބުނީތީ ޝުކުރުވެރިވަން. މިއިން ކޮންމެ ކެރެކްޓާއެއްގެ ސްޓްރަގަލްއާއި އާކް އަކީ އަސްލު، ރަގަޅު އަދި ރިލޭޓަބަލް ކެރެކްޓާސްތަކެއް. އަޅުގަނޑުމެންގެ މަސައްކަތަކީ ބެލުންތެރިން އެ މީހުންނާ ގުޅޭނެ ދަތުރެއްގައި ގެންދިއުން."
ސިދާތު ބުނެފައި ވަނީ އޭނާ ފިލްމީ ދާއިރާއަށް ނިކުމެފައި ވަނީ އެމެޒަން ޕްރައިމްގެ ވެބް ސީރީޒެއް ކަމަށްވާ ‘ދަ އިންސައިޑް އެޖް’އިން ކަމަށްވުމުން، މި ފިލްމުއެމެޒަންއިން ސްޓްރީމްކުރާތީ އޭނާއަށް ސިފަވަނީ މިއީ އެނބުރި އައުން ފަދަ ކަމެއް ކަމަށެވެ.
”އެއް ގޮތަކުން ބަލާއިރު މިއީ އަހަރެންގެ ގެއަށް އައުން ކަހަލަ ކަމެއް،" ސިދާތު ބުނެފައިވެއެވެ.
މީގެ އިތުރުން އަނަންޔާ ޕަންޑޭ ބުނެފައި ވަނީ ގެހެރާއިޔާންގެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެބައޮތް ކަމަށެވެ. މި ފިލްމަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ހިތްގައިމުކަމާއި، އަމިއްލަ ނަފްސު ދެނެގަނެ، އެމީހެއްގެ މަގު ޗާޓްކުރުމުގެ ވާހަކަ ވެސް ކިޔައިދޭ ފިލްމެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި ފިލްމަކީ ވަރަށް ގިނަ މީހުން މިހާރު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.