ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ހޯދަން އުޅެނީ އެހެން ދީންތަކަށް ޖާގަ ދޭންވެގެން: ޝުޖާއު
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން ވެރިކަން ކުރާ އެމްޑީޕީން އެވަރަށް މަސައްކަތް ކުރަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދިނުމަށް ޓަކައި ކަަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ، ސަރުކާރުން އަވައްޓެރި ޤައުމުތަކުގެ އެހީއާ އެކު ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރަން އެހައި ބޮޑު މަސައްކަތެއް ކުރަނީ ޤާނޫނު އަސާސީ ބަދަލު ކުރަން ބޭނުންވާ 65 މެންބަރުން ހަމަކުރަން ކަމަށެވެ. އަދި ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮއްވާ ސަރުކާރުން އެންމެ ގޮނޑިއަކާ ހެދި އުޅެނީ، ރާއްޖެއަށް އެހެން ދީންތައް ގެންނަން ކަމަށާއި ޕީޕީއެމްއަށް މި ގޮނޑި މުހިންމު ވަނީ މިރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.
"މާދަމާ މި އުޅެނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތް، ދިވެހި ރާއްޖޭގެ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ އޮތް އޮތުން ކަނޑައިލައިފައި ހުރިހާ ދީންތައް މިތަނަށް ގެންނަން. ޤާނޫން އަސާސީ ބަދަލު ކުރަން" ޝުޖާ ވިދާޅުވިއެވެ.
"އެއީ އެމްޑީޕީގެ އަތުން 65 ގޮނޑި އޮޅައިލައިގެން ގެނެވުން ކަހަލަ ކަމަކަށް ވެގެންދާނީ. އެއީ އެމީހުންގެ އަމިއްލަ ބާރުގައި ގާނޫނު އަސާސީގައިވާ މި މާއްދާ އެމީހުން ބޭނުންވާ ގޮތެއް ނެހެދުމަށް ލިބިގެންދާ ރަނުގެ ފުރުސަތު"
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙާއި ރައީސް ނަޝީދު އެއްބަހެއް ކިޔުއްވާނީ އެންމެ ކަމެއް ކަމުގައި ކަމަށާއި އެއީ ރާއްޖޭގައި ލާދިނިއްޔަތު ފެތުރުން ކަމަށެވެ.
"ދެ މީހުން އެއްބަސްވާ އެއް ކަމެއް އޮންނާނެ. އެއީ ލާދީނިއްޔަތަށް ހިތްވަރު ދިނުން." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާގެ ވާހަކަފުޅުގައި، އިތުރަށް ވިދާޅުވީ، ބަޖެޓުގައި ނެތް ފައިސާތަކާއި، ޕްރޮޖެކްޓުތައް އުފަންވެ ކުއްލިއަކަށް މުޅި ސަރުކާރު ކޮމަންޑޫ ދާއިރާގައި އެބައޮތް ކަމަށާއި ސަރުކާރުން ދަނީ އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އަދި އިންތިޚާބުގައި ވޯޓް ލުމުގެ ކުރިން، ސަރުކާރުން މީގެ ކުރިން ވެސް ކޮމަންޑޫ ދާއިރާއަށް ވެފައިވާ، އަދި ނުފުއްދިވާ ވައުދުގެ މަތިން ހަނދާން ކުރުމަށް ޝުޖާއު ގޮވައިލެއްވިއެވެ.
މ ޑ ޕ ހަމަގައިމުވެސް ބަލިވާނެ
ކޮމަންޑޫ ގޮނޑި ޕީޕީ އިން ހޯދަންއުޅެނީ ޔަހޫދީ ކަމުން.