ރައީސް އޮފީސް ގޮއްވައިލާނެކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގޮއްވައިލާން ބުނި މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 މީހެކެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 19ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ކައިރިއަށް މީހަކު ގޮސް އޮފީހުގައި ތިބި މީހުން ބޭރަށް ނިކުތުމަށާއި އެތަން ގޮއްވައިލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މީހާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ދީފައެވެ.
މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.
Ads by Allied Insurance