ތިނަދޫން މިއަދު ވެސް ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ގދ. ތިނަދޫން އިތުރު 17 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ތިނަދޫން މިހާރު 1239 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 56 މީހުން އެބަތިއްބެވެ.
ތިނަދޫގެ އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 133 ސުންކެއް ވެއެވެ.
މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 1178 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.
ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި އެއްތާވި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުން ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.