ފަތުހީ ފަދަ ޝަރުއީ އަދި ޤާނޫނީ އިލްމު ލިބިފައިވާ ބޭފުޅެއް މަޖިލީހުގައި އިންނެވުން މުހިންމު: ޑރ.ޝަހީމް

އަލްއުސްތާޛު މޫސާ ފަތުހީ ފަދަ ބޭފުޅެއް ރައްޔިތުންގެ މަޖިލީހުގައި އިންނެވުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ އަންނަ މަހުގެ 5ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރައްވާ މޫސާ ފަތުހީއަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ހިދުމަތްތެރި މާޒީއެއް އޮތް ގައުމަށް މިވަގުތު މުހިންމު އެތައް ކަމެއް ކުރުމުގައި އަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދަމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.
ޝހީމުއަކީރާޖޭއްގެވަރަގިނަމީހުގަދަރުކުރިބޭފުޅެމިހާރުތިޔާމީނުއާގުޅުނުފަހުންއެގިޖެއްކޮންމެފަދަވާދަވާހަކައެށްވެސްދއްކަފާނެކަންމިހާރުގަބޫލުކުރަންއުދަގޫވޭތިދައްކވާވާހަކަ