ހާލަތު ވަރަށް ގޯސް، ނަންބަރު ދެ ހާހުން މައްޗަށް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2,349 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1,325 މީހުންނެވެ. އަދި އަތޮޅުތެރެއިން 681 ވޭދަނައާއި ރިސޯޓުތަކުން 54 ވޭދަނަ ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
ކޮވިޑްގެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު އުޅެނީ 13,035 ވޭދަނައެވެ. މިއަދު ފައްސިވި މީހުންނާ އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 114,977އަށް އަރައިފައެވެ.
މިހައިތަނަށް މި ބަލިން 101,660 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 48 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން 269 މީހަކު ވަނީ ނިޔާވެފައެވެ.