ޚަބަރު ސިޔާސީ

ރައީސް ޔާމީން ޖަހަންވީ "އިންޑިއާ އައުޓް"އެއް ނޫން،"ބަފާ އައުޓް": ވައްޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޓީޝާޓުކޮޅުގައި އިންޑިއާ އައުޓް ޖެހުމަށް ވުރެ، "ބަފާ އައުޓް" މިހެން ޖަހަން މާ ރަނގަޅުވާނެ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައްޑެ ވަނީ ރައީސް ޔާމީނަށާއި އިންޑިއާ އައުޓް ކެންޕެއިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިގޮތުން ކޮވިޑް-19 ދަތި ދުވަސްވަރު، އަދި އެތައް ބައެއްގެ ފުރާނަ ދިޔަ މި ބަލީގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކާ އިންޑިއާ އައުޓް ކިޔުއްވާތީ ވައްޑެ ފާޑު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަކީ ބައްޕައެއްހެން އެމަނިކުފާނު ގެންގުޅުއްވި ރައީސް މައުމޫން ޖަލަށް ލެއްވި މީހެއް ކަމަށާއި އިންޑިއާ އައުޓަށް ވުރެ "ބަފާ އައުޓް" ޖަހައިގެން އުޅެން މާ ރަނގަޅުވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އިންޑިއާ އައުޓެއް ނޫން، ބަފާގެ މަޤާމުގައި ހުރި މީހާ، ދަންވަރު ދޮރު ވައްޓައިލައިގެން ޖަލަށް ލައިގެން އުޅުނު މީހާ، އަޅުގަނޑު ދަންނަވަން ބަފާ އައުޓް ޖަހައިގެން އުޅެބަލާށޭ." ވައްޑެ ވިދާޅުވިއެވެ.

2018ވަނަ އަހަރު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބޮޑެތި ތުހުމަތުތަކެއްގައި ރައީސް މައުމޫން ބަންދުކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ވައްޑެ އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަކީ އަނިޔާވެރި މީހެއް ކަމަށާއި އޭރު ސަރުކާރަށް ފާޑުކީ 1،300އަށް ވުރެ ގިނަ މީހުން ހިފާ ހައްޔަރު ކުރި ކަމަށެވެ. އަދި އޭރު މިސްކިތުގައި ދުޢާއެއް ކުރިޔަށް، ޖަލްސާއެއްގައި ވާހަކަ ދެއްކިޔަސް ހިފާ ހައްޔަރު ކުރާ ކަމަށާއި މިއަދު ރައީސް ޞާލިޙް ވަނީ ފާޑުކިޔުމުގެ މިނިވަންކަން ދެއްވައިފައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އަޅުގަނޑުމެން މިތިވީ ދެބަސްވުމަށް އެއްބަސް ވެގެންނޭ. އަޅުގަނޑުމެން ޑިމޮކްރެޓިކް ވެރިކަމެއް މި ކުރަނީ. ފާޑު ކިޔޭނެ ޖާގަ އޮންނާނެ، މިހާރު ބިރުން ފިއްކަޑައިގެނެއް ނުދާނެ" ވައްޑެ ވިދާޅުވީ، މި ސަރުކާރު ހިންގާނީ ބަސް ބުނީމަ، އެ ވާހަކަ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ާދާއިރާގެ ބައިއިލެކްޝަންގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ.އޭގެ ތެރެއިން ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕޭންގައި އެމްޑީޕީގެ އިސްބޭފުޅުން ގެންދަވަނީ މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާ އިންޑިއާ އައުޓް ކެމްޕޭނަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން އެމްޑީޕީގެ ކެމްޕޭންތަކުގައި މީގެ ކުރީން ވެސް އެ ޕާޓީގެ ދެ މެމްބަރަކު ވަނީ ބޭއަދަބީ ބަހުން އެކި ހަމަލާތައް އިދިކޮޅުގެ ކެނޑިޑޭޓަށާއި ރައީސް ޔާމީނަށް އަމާޒުކުރައްވައިފައެވެ.

Ads by Ooredoo
  1. ޢެކޮއި

    އަމާހަސަނާ ބަފާ ވައްޑޭ މިވަރުގެ ލަދުހަޔާ ކުޑަބަޔަކު
    މިގައުމުނުތިބޭނެ ވެރިކަންލިބުނީމާ ވެރިކަންކުރަން ނުއެގުނުބައެއް މިއީ

  2. ޔޯލަ

    މިވަންކަން ފޭދަށުލާފުޑާލައިފި ދެމިހަކު އެއްވާއިރައް ބަންދުކުރޭ ނާތަހުޒީބުވެރިން

  3. ޥަކަރު

    ވައްޑޭއަކީ ބަފާނެއްކުއްޖެއް އެހެންވީމާބަފާހަދާންވާއިރައް ކޮންމެވެސްމީހެއްގެބަފަ ޔައްއެގޮވަނީ އެސޮރު ރަށުގާވެސް އުލުނުގޮތް އެއީ ބަފަޔަކީކާކުކަންއަމަޔައްވެސްބުނެނުދެވުނީމާވާނެޔޮތއމިވަނީ

  4. ރަންނަމާރި 19

    ކަލޭގެ އަމަސަސާ ބަފަޔަތް ގޮވާ މަޖުލީސްތެރޭގަ. އަދިވެސް ތިލުއްޗާއައް ބޮވޭ އެއްޗިހި މަތީތަ. ޔާމީނު ނުކުތީމަ ތިތި ބީ އަމަޔާ ބަފަޔާ ހަނދާންވެފަ. ދެން ހަނޑާ ގަޔަތް ގޮރު . ދެބަން ތިހާރު.

  5. މައިންބަފައިން

    ތިމީހުންގެ ފިތުނައިގެ ތެރެއަށް މައިންބަފައިން ލައިގެން ދެމުމަށް ވުރެ ބޮޑު ފާފައެއް ތިމީހުންނަކަށް ނުކުރެވޭނެ އެއްވެސް މީހެއްގެ މައިންބަފައިންނަށް އެއްޗެތި ގޮވުމަކީ މޮޅުކަމަކަށް ނުވާނެ އަހަރުމެން މައިންބަފައިން ދުވަހެއްގާވެސް ތި ދަރީންގެ ކަރާމާތަށް އަރައިގަންފައެއްނޯންނާނެ ދަރީން ގެންގުޅުނު ގޮތްބަލައިނުގަނެވުނަސް އަހަރުމެން މައިންބަފައިންނަށް އާޑަހުރަސް ނުކުރޭ، އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވެސް ތިމީހުނގެ ހަލާކު ތިމީހުން އަމިއްލައަށް ތި ހޯދަނީ، މާރީތި ކަމަކަށް ވެގެން މައިންބަފައިންނާ ނުފޮށި ތިމީހުން އުޅޭ ވައްތަރަކަށް ތިމީހުންތެޅި އަރުވާބަލަ، މީދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ، ކަމެއްވާއިރަށް މައިންބަފައިންނާ މި ބެހެނީ،

  6. ފަހަރި

    އިންޑިއާމީހުން މިގައުމުގާ ދަރިވަރުންނަށް ތައުލީމް ހާސިލްކޮށްދޭ ވާހަކަ ގޮވާއިރު އެމީހުން ހިލޭ ކިއަވައިދެނީކީ ނޫނެއްނޫންބާ ވަޒީފާގައައިސް ތިބެނީ އެގައުމުން ވަޒީފާގަނޑެއްވެސް ނުލިބޭތީ ނޫންބާ ކޮއްމެތާކުން ވަޒީފާލިބުނަސް އިންޑިއާމީހުނަށް މަޖުބޫރު ވާނެ އެތަނަކަށްދާން، މި ގައުމުގާވެސް އެބަތިބި ތައުލީުގެ މަތީ ޑިގުރީތައް ހާސިލް ކޮށްފާތިބި ދިވެހި ދަރީން ބަލަ އެމީހުނަށް އެ ވަޒީފާތައް ދީބަލަ، މާމޮޅަށްވެސް ދަރިވަރުންނަށް އުގަންނައިދޭނެ، ބޯކޮސްވީމާ އަނގައިންނާ ހަތަރެސްފައިން ކޮސްގޮވާ ވައްވައް ޖެއްސިއަކަސް ކަމަކު ނުދާނެ.