ޚަބަރު ސިޔާސީ

އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓް ދިނުމަކީ އޮޕްޝަނެއް ނޫން: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްޑީޕީ ޗެއަރ ޕާސަން ހަސަން ލަތީފް .. ފޮޓޯ/ އެމްޑީޕީ

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކޮށްދެވޭނީ އަދި މިހައިތަނަށް ކޮށްދީފައި އޮތީ ވެސް އެމްޑީޕީން ކަމަށް އެ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ކެނޑިޑޭޓްގެ ކެންޕެއިނަށް މިއަދު ށ. މަރޮއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން ކޮންމެ އިންތިޚާބަކަ ށްވެސް ވައުދު ވަނީ ރައްޔިތުން އެދޭ ވައުދުތަކެއް ކަމަށެވެ. މިގޮތުން ކޮންމެ އިންތިޚާބަކަށް ވެސް ރައްޔިތުންގެ ކައިރިއަށް ގޮސް، އެމީހުން ބޭނުންވާ ކަންތައް އަހައި އޮޅުން ފިލުވައި، "ސައިންޓިފިކް" ދިރާސާތަކެއްކޮށް އެކަމުގެ ފަންނީ ހުނަރު ލިބިފައިވާ ފަރާތްތަކުގެ އެހީގައި މެނިފެސްޓޯއެއް އެކުލަވައިލާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީން ރައްޔިތުން ގާތަށް އަންނަނީ، މެނިފެސްޓޯއަކާ އެކުގައި ކަމަށާއި މިގޮތަށް އެހެން ޕާޓީން މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"މި ތިން ރަށުގައި ވެސް އިދިކޮޅު ކެނޑިޑޭޓުން ފެންނަނީ ވަރަށް އެހެން ގޮތަކަށް މަސައްކަތް ކުރައްވާ ތަން. ތިބޭފުޅުންނަކާ މާ ބޮޑު ގުޅުމެއް ނެތް. އެ ބޭފުޅުންގެ ކެންޕެއިން ޓީމުތައް ވެސް ވަޑައިގަންނަވާ. މިހެނެއް ތިބޭފުޅުންނާ ވާހަކަ ދެކެވި، މަޝްވަރާ ހޯދި މިކަންކަމެއް ނުހިނގާ ނޫންތޯ." ހަސަން ލަތީފް ވިދާޅުވީ، އެހެން ޕާޓީތަކުގެ ބޭފުޅުން ރަށްތަކަށް ވަޑައިގެން ގިނަ ވަގުތު އުޅުއްވަނީ ތާސް ކުޅުއްވުމުގައި ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، އެ ޕާޓީއަށް ލިބިފައިވާ ކާމިޔާބީތަކާއި ކުރިއެރުމުގެ އަސްލަކީ ރައްޔިތުންނާ އެކީގައި ކުރެވިފައިވާ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ މި ތިލަފަތަށް. މި ފިކުރަށް، އެމްޑީޕީއަށް އެމްޑީޕީގެ ސިޔާސަތަށް ވޯޓް ހޯދައިގެން. ތިބޭފުޅުންގެ ތަރައްޤީގެ ކަންކަން އަޅުގަނޑުމެންގެ އަތްމައްޗަށް ގެނެސް ތިބޭފުޅުން ބޭނުންފުޅުވާ ގޮތަށް ކޮށްދިނުން" ހަސަން ލަތީފް ވިދާޅުވީ، މަޖިލީހަށް އެމްޑީޕީއިން ނިކުތީ އެޖެންޑާ-19އާ އެކުގައި ކަމާއި އެ ވައުދުތަކުގެ 75 އިންސައްތަ މިހާރު ފުއްދައިފައިވާ ކަމަށެވެ.

ބާކީ ހުރި މަސައްކަތް ކުރުމާ އެކީގައި ބާކީ މިއޮތް ދައުރުގެ ދެ އަހަރާ ބައިހައި ދުވަހަށް އަޅުގަނޑުމެން ބޭނުންވެގެން މި އުޅެނީ ރާޝިދު ހޮވަން. އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރާނެ މެންބަރަކު ހޮވަން. އެހެންވީމަ ތިބޭފުޅުންނަށް އެހެން ކެނޑިޑޭޓަށް ވޯޓް ދެވެން ނެތީ މިފަހަރުގައި. ތި ބޭފުޅުންނަށް އެއީ އޮޕްޝަނެއް ނޫން. އެއީ އޮތް ފުރުސަތެއް ނޫން، އެހެން ކެނޑިޑޭޓަކަށް ވޯޓް ދީގެން މި ނިޒާމުގެ ތެރެއިން ކުރާ މަސައްކަތް ގަނޑުބަޑު ކުރާކަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން އޮތީ މިއަންނަ ފެބްރުއަރީ މަހު ފަސްވަނަ ދުވަހުއެވެ. މި އިންތިޚާބުގައި އެމްޑީޕީގެ އިތުރުން އެމްއެންޕީއާއި ޕީޕީއެމްއިން ވާދަ ކުރެއެވެ.

Ads by HDC
  1. މަބޮޑޭ

    ތިހާފޮނިބޮޑުވެގެންތެޅޭކައްނުވާނެެ ބޮޑޭހެދިގެންް ނުކޮއްދޭކަންތައްް ކޮއްދިންކަމައްހަދާާ ފޮނިކެޑުމަކީީ އޮޅުވާލުންް ނޫންތޯ

  2. އަނގަ

    އެމްޑީޕީ އަކީ ވޯޓުދޭވަރުގެ ބައެއް ނޫން އިންތިޚާބެއް ތައްޔާރުވާއުރަށް ހީވާނީ ދެން މި ނޫނީ ބަޔަކު ނެތްހެން އެއްތަނަށްވަދެ އަނެއްތަނަކަށް ވަދެ އުޑުން ތަރިބާލައިދޭއިރު މި ހީވަނީ ގައުމުވެސް އަތްމަތީގަ ބާއްވައިގެން އުޅޭ ބައިގަނޑެއް ހެން ދައްޖާލު ފަދައިން މުޅި ދުނިޔެވެސް ކަހާލައިގެން ދުވާ ބައިގަނޑެއްހެން.

  3. ފުވައްމުލަކުމީހާ

    ތީތޯހަސަންލަތީފުމެންވަކާލާތުކުރާޑިމޮކޮރުސީއަކީ

  4. ފޮނިބެ

  5. ވިކިލީކުސް

    ވޯޓްއެމްޑީޕީ ވޯޓް ފޮރ ފްރީޑަމްް

    މިގައުމު ފިޔަވައި ދުނިޔެއަކު ނެތޭ ފްރީޑަމެއް ނެތް ގައުމެއް. ބޯދާ ހިޔާލުތައް ދޫނުކުރާ ގައުމެއް. ފުލޯކު ވާހަކަތައް ގަބޫލުކޮށް އެއަށް ތަބާވާ މިގައުމާއި ސައޫދީ އަހަންނަށް ފެނުނީ. މިކަންތައް އެބަޖެހޭ ބދަލުކުރަން

    • ޢާސަންޖް

      ޢެމްޑީޕީ އަށް ދެވޭ ކޮންމެ ވޯޓަކީ އަޅުވެތިކަމައް ދެވޭ ވޯޓެއް. އެމްޑީޕީ އަކީ ޑިމޮކްރެޓިކް އުސޫލު ނުދަންނަ ހޮދުމުހުތާރު ވެރިކަމެއް ކުރުމައް ބޭނުންވާ ލާދީނީ ފިކުރުގެ ބައެއް .. ވިކލީކްސް ބޯދާ ހިޔާލކައް ވެގެން ތިޔަ އުޅެނީ އިސްލާމް ދީން ވކަމުނުގޮސްގެން