ސިޔާސީ

ސިއްކަ އާއިލާއަށް ބައިއަތު ހިފުމަކީ އަހްލާގީ ގޮތުން އަދި މާ ދެރަކަމެއް: ހީނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު

ޝަހީދު ހުސައިން އާދަމްގެ ފޮޓޯ، "އިންޑިއާ އައުޓް" ހަރަކާތުގައި ބޭނުން ކުރުމުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ފާޑުވިދާޅުވުމުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވެސް އޭނާއަށް ރައްދު ދެއްވައިފިއެވެ.

Ads by MWSC

"އިންޑިއާ އައުޓް" ހަރަކާތުގައި ނޮވެމްބަރު 3ގެ ބަތަލު، ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން، ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީދު ހުސައިންގެ ފޮޓޯ ސިޔާސީ ހަރަކާތްތަކުގައި ބޭނުން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކަމަކަށް ދަހިވެތި ވިޔަސް، ކޮންމެވެސް ވަރެއްގެ އަހްލާގެއް ބެހެއްޓުން މުހިންމު." ޔާސިރުގެ ޓްވީޓުގައިވެެއެވެ.

ޔާސިރުގެ ވާހަކަތަކަށް ރައްދު ދެއްވައި ހީނާ މިއަދު ވިދާޅުވީ އަހްލާގީ ގޮތުން ދަށް ފެންވަރުގެ ކަމަކަށް ވަނީ، ސިއްކަ އާއިލާއާ އެކުގައި ހުރުން ކަމަށެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 03ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި، ހިންގުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. އޭނާއަކީ ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ ބައްޕަ ވެސް މެއެެވެ.

"ހދ.ކުޅުދުއްދުއްޓަށް ނިސްބަތްވެ ހުރެ، ޝަހީދު ހުސައިން އާދަމް ޝަހީދުކޮށްލި އާއިލާއަށް ބައިއަތު ހިފައިގެން ހުރުމަކީ އަހްލާގީ ގޮތުން އަދި މާ ދެރަ ކަމެއް." ހީނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ހަރަކާތެއް ކަމަށާއި، ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.

Ads by Ooredoo
  1. އަދުރޭ

    ސަމަރޭ އާއިލާއައް ބައިއަތު ހީނާނުހިފަނީ ކީއްވެ

  2. ފާތުމަ

    ފަތިފުއް ހަދާން އެބަހުރިބާ..

  3. aboobakur

    yaameenu laaridheegen thamalhain lެެaެެnެެެެgެެެެެެެެެެެެެenaee mamonu maraalan kamah