ޚަބަރު

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމުން ބޭރުގެ އެހީ ލިބުމަށް ފަސޭހަވާނެ: ޤާސިމް

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ | ފޮޓޯ: ޖުމްހޫރީ ޕާޓީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވެރިކަންކުރާ މައި ޕާޓީގެ ކެނޑިޑޭޓަށް މިއިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ ރާއްޖެއަށް ބޭރުގެ އެހީ ލިބުމަށް ފަސޭހަ ވެގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ގާސިމް މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ބޭނުންވާ އެކި ކަންކަމުގައި ބޭރުގެ އެހީތެރިކަން ހޯދުމަށް މިގޮނޑިއަކީ މުހިންމު ގޮނޑިއަކަށް ވާނެކަމަށެވެ. އަދި މި ގޮނޑި ކާމިޔާބުވެގެން ދިއުމަކީ ބޭރުގެ ގައުމުތަކުން އެހީތަކާއި، މަދަދު ލިބުމުގައި ދިވެހި ސަރުކާރާ އޮތް ގާތްކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެދާއިރާއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު އިންތިޚާބުކޮށްގެން ކަމަށެވެ. އަދި ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމަކީ ރައީސް ސޯލިހަށް ރައްޔިތުން އިތުބާރު ކުރައްވާކަން ބޭރު ދުނިޔެއަށް ދެއްކޭނެ ހެތްކެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ގާސިމް މިހާރު ވަނީ އެ ދާއިރާގެ ތިން ރަށަށް ވެސް ވަޑައިގަންނަވައިފައެވެ. ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި ސަރުކާރު އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނެވިއެވެ.

Ads by Allied Insurance
  1. ށަވޔަނި

    ދޮންވެހިކިގެން ބިންމައްޗަށް ވެއްޓޭ ފަތުގެ ހަނދާނެއް އެއްވެސް މީހަކު ނުހުންނާނެ

  2. މުންޖިޗޭ

    ތެދެއްއެއީ! 4ފަޅުރާށާއި، 12ލޯނުނަގަން މިބޭފުޅާއަށް ސަރުކާރުން ގެރެންޓީދީގެން ނޫންބާ މިތަނަކަށް މިދިޔައީ. ސަނާކިޔާކިޔާ ރޯބުހުތާން ދޮގުހެދި މިހާ ތަޣައްޔަރުވާވަރުވާއިރު ހޭބުއްދި ނެތްމީހެކޭ އެއްވަރު.

  3. ދާސިމް

    ވަރައްރަގަޅުވާހަކައެއް މިބރނތމިބުނީ ދެންއަހަރެމެން ނުޖިހޭނެ އެއްވެސްކަމެއްކުރާކައް ބޭރުންއެހީތަން އައިސް އަހަރެމެން ވަށާލާނެ ހަތިޔާރުހިފައިގެން!