އުޝާމް މަލީހަށް: ދައުލަތުގެ ތަންތަން ތަޅާ ހަލާކުކުރާ ވާހަކަ ދެއްކުމަކީ މާ މޮޅުކަމެއް ނޫން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ، މުރައިދޫގެ ޕީޕީއެމްގެ ވެރިކަމުގައި ތަޅައިލާނެކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވުމުން، މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އެމްއެންޕީ މެންބަރު އަޙްމަދު އުޝާމް ފާޑު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ، އުލަތުގެ ތަންތަން ތަޅާ ހަލާކުކުރާ ވާހަކަ ދެއްކުމަކީ މާ މޮޅުކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ތަޅައިލާން ޖެހޭ ކަމަށް މަލީޙް ވިދާޅުވީ، ޕީޕީއެމްގެ ކެނޑިޑޭޓް ފަތުހީއަށް ތާއީދު ހޯދުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަލީޙް ވިދާޅުވީ، ރައީސް ނަޝީދަކީ މިހާރު ވެސް ތިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށާއި ނަމަވެސް ރައްޔިތުން އުޅެނީ އަތާއި އަނގަޔާއި ދިމާނުވެގެން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން އެ ގެއަށް ކުރަނީ ބޭކާރު ހަރަދު ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި މުރައިދޫގެ ތަޅައިލާނެ ކަމަށް މަލީޙް ވިދާޅުވިއެވެ.
“ނަޝީދު އުޅޭ ގަނޑުވަރު އެބަޖެހޭ ތަޅައިލަން. އެއީ ބޭކާރު ހަރަދު، އެއީ ބޭކާރު އިސްރާފު ރައްޔިތުންގެ ފައިސާއިން ކުރާ. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ހަރަދެއް ނޫން" މަލީޙް ވިދާޅުވިއެވެ.
މިއަދ ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ، ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ ކަމަށާއި އެ ގެޔަކީ ދައުލަތުގެ މުދަލެއް ކަމަށެވެ.
އަދި ފައިސާ އިސްރާފް ކުރާ ވާހަކަ ދައްކަވާއިރު، ޕީޕިއެމްގެ ވެރިކަމުގައި އެ ގެ ބޭނުން ކުރެއްވީ ރައީސް ޔާމީންގެ އާއިލާއިންކަން އުޝާމް ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވުމުގެ ކުރިން، މުރައިދޫގެ އެންމެ ފަހުން ބޭނުން ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ ދޮށީ ދެބޭފުޅުން ދިރިއުޅުއްވުމަށެވެ.
ފިތުނައުފައްދަން އުޅޭނެ ކަމެއްނެތް . އުޝާމުވެސް ފިނިފެންމާ ލަޝްކަރާ ގުޅިގެން ޤައުމުނަގާ ކޮޅަށްޖެހޭތޯ ބަލާ