އޭޝިއާ ދުނިޔެ

ކޮވިޑް ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު ފަސް ލައްކައާ ގާތަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
Relatives mourn the death of a man due to the coronavirus disease (COVID-19), at a crematorium in New Delhi, India September 28, 2020. REUTERS/Adnan Abidi TPX IMAGES OF THE DAY

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ފަސްލައްކައާ ގާތަށް ޖެހިލައިފިއެވެ.

Ads by WAMCO

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ އެކި ސަރަަހައްދުތަކުން، ހޯމަ ދުވަހު އެކަނި ވެސް 2،09،918 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މިބަލީގައި އެގައުމުން ވަނީ 4،95،050 މީހުން މަރުވެފައެވެ.

އިންޑިއާގައި ވެސް ހަލުވިކަމާ އެކު "އޮމިކްރޮން" ވޭރިއަންޓް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ވަކިވަކި ސްޓޭޓްތަކުގެ ވޭދަނަތަކަށް ބަލާއިރު، އިއްޔެ އެކަނި ވެސް މަހާރަޝްތްރަ ސްޓޭޓުން 15،140 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ އެކަނި ވެސް އެ ސްޓޭޓުން 39 މީހަކު ވަނީ މަރުވެފައެވެ.

އުއްތުރަޕްރަދޭޝްއިން އިތުރު 6،،626 މީހުން ފައްސިވިއިރު، 18 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އައްސާމްއިން 1،811 މީހަކު ފައްސިވިއިރު، 19 މީހަކު ވަނީ މަރުވެފައެވެ. އައްސާމްގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 20،627އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޓަަކައި އިންޑިއާއިން ވެސް ވެކްސިން ދިނުމަށް ވަަރަށް ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން އެގައުމުގައި ވެކްސިން ޖެހޭ އާބާދީގެ 75 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!