ރޮޒައިނާ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް: ދާއިރާގެ ތަރައްގީއަށް ހުރަސް އެޅިދާނެކަމެއް ނުކުރާތި
ށ.ކޮމަންޑޫ ދާއިރާއަށް ތަރައްގީ ލިބޭނީ ކުރިއަށް އޮތް ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ދީގެން ކަމަށާއި، ދާއިރާގެ ތަރަައްގީގައި "މަތި އެޅިދާނެ" ކަމެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރާޝިދުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، ރޭ ށ.ކޮމަންޑޫގައި ވަނީ ކަންމަތީ ޖަލްސާއެއް ބާއްވައިފައެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ފާޑުކިޔުންތައް އަމާޒު ކުރެއްވީ އިދިކޮޅު ޕީޕީއެމްއަށެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް ތަރައްގީގެ އެއްވެސް ކަމެއް ކޮށްދެއްވައިފައި ނުވާކަމަށް ވިދާޅުވެ، ޕީޕީއެމްއަށް ވޯޓު ދިނުމުގެ ކުރިން ވިސްނައިލުމަށް އޭނާ ގޮވައިލެއްވިއެވެ.
ރޮޒައިނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް ހުސައިން ވަހީދަކީ އެ ދާއިރާގެ ރައްޔިތުންނަށް ލިބުނު ޖަވާހިރެއް ކަމަށާއި، އޭނާ ގެންދެވީ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެމުން ކަމަށެވެ. އަދި މިހާރު އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަކީ ހުސައިން ބޭނުންވެލެއްވި ގޮތަށް ކޮމަންޑޫ ދާއިރާ ތަރައްގީ ކުރުން ކަމަށާއި، ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދީފި ނަމަ، މިކަމަށް ހުރަސް އެޅޭނެ ކަމަށެވެ.
"މަރޮށީގައި އެތައް މަޝްރޫއުއެއް ނުފެށިފައި އެ ތިބެނީ، ބިން ހަމަޖައްސައި ނުދީގެން، އަނެއް ކަމެއް ކައުންސިލުން ކޮށްނުދީގެން. އެހެންވީމަ، އެއީ އެމީހުންގެ ވިސްނުމަކީ." އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، މިއީ ބައި-އިލެކްޝަނާ ދިމާކޮށް ހިންގާ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އެގޮތުން ދެ ކޮމަންޑޫ ގުޅުވައިލުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ހުސައިންގެ ވައުދެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ދެ ކޮމަންޑޫ ގުޅުވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދެއްވެވަޑައިނުގަންނަވާތޯ؟ މި އިންތިހާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައި އޮތް ކަމެއް ނޫންތޯ އެއީކީ؟" ރޮޒައިނާ ސުވާލު ކުރެއްވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ހުންނެވީ ކޮމަންޑޫ ދާއިރާ ތަރައްގީ ކުރެއްވުމުގެ އަޒުމުގައި ކަމަށާއި، އެހެން ނަމަވެސް އެކަަމަށް ޓަކައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އެހީތެރިކަން އެ މަނިކުފާނު ބޭނުންވެލައްވާ ކަމަށެވެ.
އިންޒާރު ދެނީ ދޯ
ވަގުންނައް ވޯޓުނުލިބޭނެ. އިންޑިޔާ އައުޓް
މަޖްލިސްމެމްބަރަކަށް އަމިއްލަ އެދުމައިގެން ނޭގުނު ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަންނަ ވާހަކަ ދެއްކޭއިރުވެސް . އެހެންނާ ފަހެ ތިޔަ ބުނަނީ ވޯޓުދިނީމަޔޭ ތަރައްޤީގެ މަސައްކަތް ކޮށްދޭނީ ބަފައަށްވުރެވެސް ހަޔާތް މަދުވީ ތިޔަ ބުރާންތި ރޮޒޭނާގެ
މައިންބަފައިންގެެ ތަރިކައިންތޯޯ ކަންތައްް ކޮއްދޭވާހަކަަ އެބުނަނީ
ތިިކަހަލަަ އަމިއްލައެދުންް ބޮޑުމީހުންް ދައްކާވާހަަ އަހާކައްވެސްް ބޭނުމެއްނޫންް ތީކާކުތަަ ބަފާއިރުންފެށިގެންް ކަންތައްކުރަަމުންތިގެންދާގޮތައްް ބަލާލަބަލަަ ދެންކަލޭމެންދައްކާވާހަކަަ ގަބޫކުރާނެބަޔަކުނެތް
ލަދެއް ނުގަނޭތަ؟ ރައްޔިތުން ހޮވާފަ ހުރި މެމްބަރަކު ތިބުނަނީ ޕާޓީ ކެންޑިޑޭޓް ނުހޮވައިފިނަމަ ތައްރައްގީ ހުއްޓުވާނަމޭތަ. އަމިއްލަ ފައިސާދޯ. ލަދުން ބޯހަލާކު
ރޮޒޭނާ މޮޔަވީތަ؟ ކޮންމެމީހަކަށް ވޯޓުދިނަސް ރައްޔިތުންނަށް ސަރުކާރުން ދެންޖެހޭ ހިދުމަތްތައް ދޭންޖެޖޭނެ.