ޚަބަރު ރައްޔިތުންގެ މަޖިލިސް

ހައްލެއް ނުހޯދިއްޖެނަމަ 21 ވަނަ މަޖިލީހުގައި އަންހެނަކު ނީންނާނެ: ރޮޒައިނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންހެނުންނަށް ފުރުސަތު ފަހިކޮށްނުދޭނަމަ ދެން އަންނަ ދައުރަކަށް އެއްވެސް ގޮނޑިއެއް އަންހެން ކެނޑިޑޭޓަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރޮޒައިނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަކާއި ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބިލަކީ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުން ހިއްސާ ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށް ހުށަހެޅި ބިލެކެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހަށް އަންހެނުން ގެންނަން އުޅެނީ ފިރިހެނުންނަށް ދެރައެއް ދިނުމުގެ މަގްސަދުގައި ނޫން ކަމަށެވެ. މަޖިލީހުގައި ކުރާ މަސައްކަތާއި މުޅި ޤައުމާ ދޭތެރޭ ވިސްނާލާއިރު އަންހެނުންގެ ހިޔާލު ކޮންމެހެން ވެސް ބޭނުންވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

“އަޅުގަނޑު މިތާ މި ހޭދަކުރި 15 އަހަރުގެ ތެރޭގައި ވެސް އެނގިގެން ދިޔައީ ފިރިހެނުންގެ ވިސްނުމާއި އަންހެނުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުކަން” ރޮޒައިނާ ވިދާޅުވި އެވެ.

އެހެންކަމުން އަންހެނުންގެ ވިސްނުން ކޮންމެހެން ބޭނުންވާކަމެއްގެ މަޝްވަރާ އަދި ބަހުސެއް ކުރިޔަށް ގެންދެވޭނީ އެ ހިޔާލު ވެސް ހުރި ބަޔަކު ތިބެގެންކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އަންހެނުން މަޖިލީހަށް ހޮވޭ ނިސްބަތް ދަށްވެ، ދެން އަންނަ ދައުރަކަށް އެއްވެސް ގޮނޑިއެއް އަންހެން ކެނޑިޑޭޓަކަށް ކާމިޔާބު ނުކުރެވުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހަކީ ތަފާތު ތަނެއްކަން ސިފަ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެތަނަކީ ހިޔާލު ތަފާތުވާން ދާ ތަނެއް ކަމަށެވެ. މިދިޔަ މަޖިލީހުގެ ބޮޑުބައެއް ވެސް ހޭދަކުރަން ޖެހުނީ އެތަައް ސިޔާސީ ލީޑަރުންނެއް ޖަލުގައި ބައިތިއްބައިގެން ކަމަށާއި ހައްގުތައް ހިމާޔަތްކުރުމުގައި އަނިޔާވެރިވާނަމަ މަޖިލިސްތެރެ ވެސް ހަލަބޮލިވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

Ads by Allied Insurance
  1. ޖާބެ

    ރޮޒައިނާ ފެއިލްވެގެން ތިޔަކަން ނުވީ ކޮންމެހެން އަންހެން ފރިހެންވެގެނެއްނޫން

  2. މަކުނު

    ރައްޔިތުން ބޭނުން މީހަކު ހޮވުމުގެ ފުރުޞަތު ދީ، ވަކި ޖިންސެއްގެ މީހަކު ހޮވަން މަޖުބޫރު ކުރުމަކީ ހައްދުފަހަނައެޅުން.

  3. ލާމު

    21 ވަނަ މަޖިލިހުގައި ފިރިހެނަކު ނެތުމުގެ ފިރުސަތު ވެސް އެބައޮތް. އަންހެނަކު ނެތުމުގު ފުރުސަތު އޮތްވަރަށް ފިރިހެނަކު ނެތުމުގެ ފުރުސަތު ވެސް އެބައޮތް.