ޚަބަރު

އަޑު ބަރޭ 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އަލީ ވަޙީދު އަދި އަޑުބަރޭ.. ފޮޓޯ/މިހާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި އޭނާގެ ބަދަލުގައި ޖާމިނުވާން އެއްބަސްވި އަޝްހަދު އަލީ (އަޑުބަރޭ) ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by Hajj Corporation

އަޑުބަރޭ ޖަލަށް ލާން އަމުރު ކުރީ 15 ދުވަހަށެވެ.

އަލީ ވަހީދު ރާއްޖެއިން ފުރަން ޕާސްޕޯޓް ދޫކޮށްފައި ވަނީ އަޑުބަރޭ ޖާމިނުކޮށްފައެވެ. ޖިންސީ ގޯނާގެ ކުރުމުގެ މައްސަލައިގެ ޝަރީއަތް ފެށިފައި ވަނިކޮށް، އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ބޭރަށް ގޮސްފައެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ ހަތަރު މަސްފަހުން ރާއްޖެ އަންނަ ގޮތަށެވެ. އަދި ނައިސްފި ނަމަ އެކަމުގެ ޒިންމާ އަޑުބަރޭ ނަގާ ގޮތަށެވެ. ނަމަވެސް މިދިޔަ އަހަރު ފެބްރުއަރީ މަހު ރާއްޖެއިން ފުރައިގެން ދިޔަ ގޮތަށް އަލީ ވަޙީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމަށް އަޑުބަރޭ ހާޒިރުވެފައެއް ނުވެއެވެ. އަޑުބަރޭގެ މައްޗަށް ޙުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

ކޯޓުގައި ދައުލަތުން އެދިފައި ވަނީ އަޑުބަރޭއަށް އެއް އަހަރު ދުވަހުގެ ޙުކުމެއް ކޮށްދިނުމަށެވެ. މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އަލީ ވަޙީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވުމުން، އިސްތިއުފާ ދިނުމަށް ރައީސް އޮފީހުން އެންގިއެވެ. ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ދިނުމަށް އަލީ ވަޙީދު އުޒުރުވެރިވުމުން، މިނިސްޓަރުގެ މަޤާމުން އޭނާ ދުރުކުރިއެވެ.

Ads by Ooredoo
  1. އަޑުބަރޭ އާއި އަލީ ވަހީދަށް ﷲ ހެޔުރަހުމަތް ލައްވާށި !