ޚަބަރު

މަޙްލޫފު މައްސަލަ މިމަހު 10ގައި ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފި ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާގެ ޝަރީއަތް މިމަހުގެ 10ވަނަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

Ads by Hajj Corporation

މި މައްސަލައިގެ ފުރަތަމަ އަަޑު އެހުން މިހާރު ތާވަލްކޮށްފައި ވަނީ މި މަހު 10ވަނަ ދުވަހު 1:30އަށެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރި ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން ވަނީ އެ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ މި މައްސަލައަކީ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފައިވާ މައްސަލައަކަށްވީއިރު، މި މައްސަލަ ބަލާ ސެކްޝަނުގައި ހުންނަ ކޯޓު އޮފިސަރު މީގެ ކުރިން ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށާއި މިހާރު ބަލިން ފަސޭހަ އޮފީހަށް ނިކުންނަން ފަށައިފައިވާ ކަމަށެވެ.

މައްސަލައިގެ ބާވަތުން މިއީ ގިނަ ނޫސްވެރިން ވެސް ވަންނަން ބޭނުންވާ މައްސަލައެއް ކަމުން ކޯޓު ރޫމް މެނޭޖް ކުރުމަށް ހުންނަ އޮފިސަރު ބަލިން ފަސޭހަވެފައި ވާތީ މި މައްސަލަ ފެށުމަށް އަލުން ތާވަލުކޮށްފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަލީ

    އަޅެފަހެ ތިމަޚުލޫފުގެ މައްސަލަތިއީކުޅެކުޅޭ ކުޅިވަރެއްތަ؟

  2. ޚަނބިލި

    ޟިސަރުކާރުން ހަވާހަޑި މިހިރަ ފެންނަނީ ކޮޓުތަކުގެވެސް ހުރުމަތްވެސްގެއްލި މިދަނީ. ޥަރަށް ސަޅި