ސަރުކާރު

އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން މި އަހަރު ގެނައުން: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ | ފޮޓޯ: މަޖިލިސް

އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން މި އަހަރު ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ އައި.އެމް.އެފްއިން ލަފާކުރާ ގޮތުގައި މިހިނގާ 2022ވަނަ އަހަރު ވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައި ވެސް ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ އަންދާޒާއަކީ މިހިނގާ 2022ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށާއި މިއަހަރު ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށް ވުރެ ވެސް މަތިން ހާސިލްކުރެވިގެންކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އަމާޒުހުރީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން. ސަރުކާރުގެ އަންދާޒާއަކީ މި ހިނގާ 2022ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން”

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 109842 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!