ޚަބަރު ސިޔާސީ

ޤައުމުގެ ހެވާއި ލާބަޔަށް ޓަކައި އެމްއާރުއެމް އޮތީ ރައީސް ޞާލިޙް ފަހަތުގައި: މައުމޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް--

ޤައުމުގެ ހެވާއި ލާބައަށް ޓަކައި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް، އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަހަތުގައި ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މައުމޫން މިހެން ވިދާޅުވީ، ރައީސް ޞާލިޙްގެ މިއަހަރުގެ ރިޔާސީ ބަޔާންނަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ، ރައީސް މައުމޫން ވިދާޅުވީ، މިއަދު ރައީސް ޞާލިޙް ދެއްވި ރިޔާސީ ބަޔާނަކީ މައުލޫމާތުން ފުރިގެންވާ ބަޔާނެއް ކަމަށެވެ.

ރިޔާސީ ބަޔާނަށް ތާއީދު ކުރައްވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ޕާޓީ އަބަދުވެސް ސަރުކާރަށް ތާއީދު ކުރައްވާނެ ކަމަށެވެ. އަދި އެއީ ޤައުމަށް އެންމެ ބޭނުންތެރި ގޮތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ސަރުކާރުގެ ފަހަތުގައި އޮތް ކަމަށް ރައީސް މައުމޫން ޓްވީޓް ކުރައްވައިފައިވާއިރު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވަކި ކޮޅަކަށް ތާއީދު ނުކުރަން އެމްއާރުއެމްއިން ވަނީ ނިންމަވައިފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ހުރިހާ ޕާޓީއަކުން އެމްޑީޕީގެ ކެނޑިޑޭޓަށް ވަނީ ތާއީދުކޮށްފައެވެ.

Ads by Ooredoo
  1. ްޖީމް

    ކިތަންމެ ނުރުހުނަސް، ހަގީގަތަކީ އަދިވެސް މައުމޫނު އަބްދުލްގައްޔޫމްގެ ނުފޫޒު ރައްޔިތުންގެ ތެރޭގައި ގަދަކަން. މައުމޫނު ދެކެ ހަމަ އަސްލުވެސް މީހުން ވަނީ ލޯބި. މަދުބަޔަކު ރުޅި އަޔަސް ގިނަމީހުން މައުމޫނަށް ކުރަނީ އިހުތިރާމް. މަލްޓިޕާޓީ ޑިމޮކްރަސީ އަށްފަހުވެސް އެންމެ ގިނަމީހުން އިހުތިރާމްކުރާ ލިޑަރަކީ އަދިވެސް ރައީސް މައުމޫން

  2. އެކުވެރިއެއް

    ޖިމް ތިޔަދެއްވީ ވަރަށްރަނގަޅު ޖަވާބެއް

  3. މަޖޫ

    މުޅި ގައުމު ހަލާކުކުރި މީހާ ތީ
    ކަލޭ ތީ ކާކު
    މިހާރު ދިވެހިން ނޫޅެ ކަލެޔާ ހެދި

  4. ލާސް

    ގައުމުގެެ މަސްލަހަތެއްނޫންް މަނިކުފާނުގެެ މަސްލަހަތު