ޚަބަރު

ޖުމްހޫރީ ޕާޓީގެ ތިން ވޯޓާ އެކު، މިހާރު ވެސް ޤާނޫނު އަސާސީ ބަދަލު ކުރެވޭނެ: ޤާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީ އިން މިއަދު އުޅެނީ އިތުރު ގޮނޑިއެއް ބޭނުން ވެގެން ނޫން ކަމަށާއި އެމްޑީޕީން ބޭނުން ނަމަ ޤާނޫން އަސާސީ ވެސް ބަދަލު ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްފޭނު ޖަލްސާގައި ވާހަކަފުޅު ދައްވަމުން ޤާސިމް ވިދާޅުވީ އަދު އެމްޑީޕީގައި 64 ގޮނޑި އެބައޮތް ކަމަށާއި ޖުމްހޫރީ ޕާޓީގެ ތިން ގޮނޑިއާ އެކު، މަޖިލީހުން މިއަދު ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

"64 މިއަދު ވެސް އެބަ ތިއްބެވި، އަޅުގަނޑުމެން ޕާޓީގެ ތިން މެންބަރުންނާ އެކީގައި، ޤާނޫނު އަސާސީ ބަދަލު ކުރުމަކަށް އެއްވެސް ހުރަހެއް ނެތް. އަޅުގަނޑުމެންނަށް އެކަން ވެސް ކުރެވޭނެ، ކުރެވިދާނެ، މިއަދު ޤާނޫން އަސާސީ އޮތް ގޮތުން." ޤާސިމް ވިދާޅުވީ މިއަދު އެމްޑީޕީއަށް މި ގޮނޑި މުހިންމު ވަނީ ޤާނޫނު ބަދަލު ކުރަން ހުރަސް އެޅޭތީ ނޫން ކަމަށެވެ.

ޤާސިމް މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި ވަނީ، 65 ގޮނޑި ލިބިއްޖެ ނަމަ ޤާނޫނަށް ބަދަލު ގެނެސް، ރާއްޖެ ވިއްކާލާ، އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދޭނެ ކަމަށް އިދިކޮޅުން ތުހުމަތު ކުރާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގެންނެވި، މި ޖަލްސާގައި ޤާސިމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ކުރިއެރުމަށާއި ދާއިރާގެ ކުރިއެރުމަށް އެމްޑީޕީ ކެނޑިޑޭޓަކު ހޮވުން މުހިންމު ކަމަށެވެ.

"އެމްޑީޕީގެ މޫނުގައި، ރައީސް ޞާލިޙްގެ ގައިކޮޅުގައި ސްލެޕެއް ޖަހައިފައި، އެހެން މީހަކު ހޮވީމާ، ދެން ބައްލަވާ މި ދާއިރާގެ ތަރައްޤީއަށް ދެންވާނެ ގޮތް. އަމިއްލަފުޅަށް ވިސްނައިވަޑައިގަންނަވާ" ޤާސިމް ވިދާޅުވިއެވެ.

ޤާސިމްގެ ވާހަކަފުޅުގައި ރައީސް ޞާލިޙަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، ރާއްޖޭގައި ރައީސްކަން ކުރެއްވެވި ބޭފުޅުން އިއްވެވި ބަޔާންތަކުގެ ތެރެއިން މިއަދު ރައީސް ޞާލިޙް އިއްވެވި ބަޔާނަކީ އެންމެ ފުރިހަމަ ބަޔާންތަކުގެ ތެރެއިން ބަޔާނެއް ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

Ads by HDC
  1. ޙާމްބެ

    ޤާނޫނު އަސާސީ ޔަކީ ބުރުމަަޤާސިމްގެ މުސްކުޅި މުދާތަ އެއްޗެއް ބޯންބެސް ނޭގެނީދޯ ދެންމުޅިގައުމުގެ ބޭތެރެމާލު ދެކޮމަންޑޫ ދޭތެރެޔައް ގުސްކޮާްލިޔަސް ﷲ ގެ އިރާދަފުޅުން މިފަހަރު ތިޔަގޮޑި ްާސިމަށް ވާނީ ބޮޑިޔަކަށް.

  2. ކަލޭ

    ކަލޭގެވޯޓްް އައިޝާއައްލާާ ދެންވޯޓްް ފަހުންފެނުނުމީހާއައްް ލާާ ބޭކާރުު މޮޔަފުޅުވީތޯ

  3. ލާސް

    މަނިކުފާނުވެސްް އުޅުންވަނީީ ދުނިޔޭގެެ އެއްވެސްް އެދުމެއްނެތިި އެކަމަކުު ބިންކޮޅެއްް ވިޔަސްް ފަޅެއްވިޔަސްް ފަރެއްވިޔަސްް ކަޑެއްވިޔަސްް ކިރުބޯޯ ޅަދަރިއެންވިޔަސްް ހޯދަންް ބޮޑާހޭކެނީީ އެދުމެންނެތީމަަ ރަގަޅު

  4. ފަރުހޮކި

    ގާނޫނު ބަދަލު ކުރަން އުޅޭއިރު ގާނޫނު ބަލައިނުގަނެ ގާނޮޮނަށް ކޮޅުފައިނއެރި ބަޔަކު ބަދަލު ކުރަން ޖެހޭ ގާނޫނެއް އޮންނާނެބާ، ގާސިމް ތިހާ ވަރެއް އަރުވަނީ ގާސިމަށް ގައުމުގެ ޚަޒާނާއިން ބައި އަޅާއިގެން ރައީސް އިބުރާހިމް ގެންގުޅޭތީ، ވާނީވެސް އެހެންތާ ކޯލިސަނުގާ ޖޕ އަށްވުރެ މީހުން ގިނަ ޕާޓީއެއް ނެތްވިއްޔަ، މިހާރުވެސް އެމްޑީޕީ ގާސިމްގެ ބޮލުގާ ވަކި އަޅާ ނޮޅާއެބަ ހަދާ އެކަމު ރައީސަށް ހެއޮއެދޭމީހެއް ކަމަށް ހެދިގެން ގައުމުގެ ޚަޒާނާ ހުސްކުރެވޭތޯ ބަލާނެ.

  5. ނުވާނެ

    ނުގެނެވޭނެ ބޭނުންހާ ބަދަލެއް. ހަނދާން ނައްތާލާ

  6. ޙާސިމު

    ޤާސިމް މާ އަޑަށް ބާރުލާފަ އެއްގޮވެލި ފއްޗެއް ތި ގޮވަނީ އެއީ ދިވެހި ރައްޔިތުމީހާގެ ފައިސާ..އަހަރެމެން ލާރި މިދެނީ އެކަކު އަތަށް އޭގެން އަހަރެމެންނަށް ކުރިއެރުން ގެނެސްދީ ދިރިއުޅުން ފަސޭހަކޮއްދޭން..އެލާރިން އަހަރެމެން ބުލެކްމެއިލް ކުރަން ކަލޭގެ ލަދު ހަޔާތް ކޮބާ..ޝަރުތެއްނެތި ބޭނުން މީހަކަށް ވޯޓުލެވޭނެ..ކަލޭ އަންހެނުންނަށްވެސް ލާރިމިދެނީ އަހަރެމެން..