ކޮމަންޑޫ ދާއިރު އަދި ކޮމަންޑޫ ތަރައްޤީ ކުރުމުގެ ވިސްނުމެއް އިދިކޮޅުން ނުގެންގުޅޭ ކަމަށާއި އެމްޑީޕީ ނޫން މަގަކީ ޚަރާބުގެ މަގެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ތާއީދު ހޯދަން އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖެ މިއަދު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މިއަދު ބޮޑު ނިންމުމެއް އެބައޮތް ކަމަށާއި އެއީ ކުރިޔަށްދާން ބޭނުން ވަނީ ޚަރާބުގެ މަގުންތޯ، ނުވަތަ ސަލާމަތުގެ މަގުންތޯ އެ މަނިކުފާނު އެއްސެވިއެވެ.
"މިއަދު އަޅުގަނޑުމެން އަނެއްކާ ވެސް ރައްޔިތުން ގާތު މި އެދެނީ، އަނެއްކާ ވެސް އަޅުގަނޑުމެންނަށް ވޯޓެއް ދެއްވާށޭ. ތިލަފަތަށް ވޯޓެއް ދެއްވާށޭ. ވިސްނަވާ، ދިވެހި ރާއްޖެ މިއަދު މިއޮތީ އަނެއްކާ ވެސް ހަތަރު އަނގޮޅި ކަންމައްޗަކަށް. ރާއްޖޭގެ ރައްޔިތުންނަށް، ކޮމަންޑޫ ރައްޔިތުންނަށް، ފޯކައިދޫ ރައްޔިތުންނަށް، މަރޮށީ ރައްޔިތުންނަށް މިއަދު ނިންމޭން އެބައޮތް، ޚަރާބުގެ މަގަށްތޯ މިސްރާބު ހިއްޕަވާނީ، ނުވަތަ ސަލާމަތުގެ އައްސާރިއަކަށްތޯ" ރައީސް ނަޝީދު ވިދާޅުވާ ސަލާމަތުގެ މަގަކީ އެމްޑީޕީއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ރާއްޖޭގައި އޮތީ ތަރައްޤީގެ ތަޞައްވުރެއް އޮތް ވެރިކަމެއްކަމަށާއި މި ވެރިކަން އޮތުމަށް ކޮމަންޑޫ ރައްޔިތުން ވެސް ބޭނުންވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ވެރިކަމެއް، މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ހިމާޔަތްކޮށްދޭ ވެރިކަމެއް، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައިދޭ ވެރިކަމެއް، ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅި ލާމެހިފައިވާ ވެރިކަމެއް، އަދި ވަކިން ހާއްސަކޮށް ތަރައްގީގެ ތަސައްވުރަކާ އެކު އޮތް ވެރިކަމެއް ދިވެހިރާއްޖޭގައި އޮތުމަށް ކޮމަންޑޫ ރައްޔިތުން މާބޮޑަށް އެދޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ތަރައްޤީގެ ވިސްނުމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅުގެ ވިސްނުމަކީ ޖަޒީރާ ރާއްޖެ އުވާލުން ކަމަށެވެ. އަދި އެ ބޭފުޅުންގެ ވިސްނުމަކީ ހުރިހައި ރައްޔިތުން އެއް ބަނދަރަކަށް ގެނައުން ކަމަށާއި އަތޮޅު ތެރޭގެ ރަށްތައް ތަރައްްޤީކުރަން ބޭނުން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ތައްޔިތުންނައްް ހެޔޮއެދެންޏާާ މިހާރުު މަގާމުގަަ ލިބޭމުސާރަނޫންްް ހުރިހާާ އެލަވަންސެއްް ރައްޔިތުންނައްޓަކާާ ދޫކޮއްލައިފީވިއްޔާާ ރައްޔިތުންނައްް ބަލައިގަނެވޭނެެ ތީރައްޔިހެޔޮއެދިގެންް ދައްކާވާހަކަކަމައްް ބޭކާރުު އަނގަނުތަޅާާ ހުރިހާއެލަވަންސެއްް ރައްޔިތުންގެެ ހައްގުގަަ ދޫކޮއްލާ
ތިބުނާ މަގަކީ އިސްލާމް ދީނާ ދުރުމަގު އެއީ ހަލާކުގެ މަގުވިސްނަންވީ ނިމިދިއުން ވަނީ ގާތުގައި ކަން އެދުވަހުން ތިމަގު ކަމަކުނުދާނެ.ސޮރީ