ހިލޭ ޑިގްރީގެ ދަށުން ފުރަތަމަ ކިޔަވަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްކަމަށް ވިދާޅުވެ، މި ސަރުކާރުގެ ފުރަތަމަ ޓެކްނޮޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައީސް ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިލޭ ޑިގްރީ ރައްޔިތުންނަށް ދިނުމުގެ ކުރިން ހިލޭ ޑިގްރީގެ ދަށުން ޑިގްރީއެއް ނަންގަވަންވީ ރައީސް ޞާލިޙް ކަމަށެވެ.
"ނުކިޔަވާ މިކަމެއް ނުވާނެ. ނުކިޔަވާ ޤައުމު ނުހިންގޭނެކަން ފާއިތުވީ 4 އަހަރުން ސާބިތުވެއްޖެ" މަލީހް ވިދާޅުވިއެވެ.
މަލީހް މިފަދައިން ފާޑުވިދާޅުވެފައި މިވަނީ، ހިލޭ ޑިގްރީއާއި ތައުލީމުގެ ވާހަކަ ރައީސް މިއަދު ދެއްކެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފައްޓަވައިދެއްވަމުން އެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ ވަރަށް ފޮނިކަމަށެވެ. މި ޕްރޮގްރާމުން މިހައިތަަނަށް 12730 ދަރިވަރަކަށް ފުރުސަތު ހޯދައިދެވިއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.
މަލީހުގެެ ވާހަކަަ ރަގަޅުު އެކަމަކުު މަލީހައްވެސްް ޒިންމާާ ހަވާލްވާާ ފަހަރުތަކުގައިި ހުރެވެނީީ ފަހަތައްް ބުރަވެގެންް ދެންް ޒިންމާއެއްް ހަވާލްކުރާކައްް ކަމަކުނުދޭ
މަށަންހީވާގޮތުފުރަތަމަހިލޭޑިގުރީއަށްކިއަވަންޖެހެނީމަލީހުސަބަބުވަރައްސާފުނަޝީދުވެރިކަމުގަހަމަތިގޮތައްހަޅޭލެވުންކަމަކީދެންވެރިކަމައްއައީޔާމާނުވަޒީފާއިންވަކިކުރުމުންހަމަހަޅޭލެވުންކަމަކީދެންއައީއިބޫހަމަވަޒީފާއިންވަކިކުރުމުންއިބޫވެސްކަމަކުނުދިއަކަލެއާޖަމީލުއާދެމީހުންނައްކަމުދާއެކަކުވެސްނެތިމާއަމިލައްއަށްމޮޅުވެޖެއްމީހާކީއެއީތަންދޮރުނުދަންނަމީހެއް
ކިޔަވައިގެން ހުރި ގޮލަޔަށް އަމަލީ މައިދާނުގައި ކިޔަވައިގެން ހުރިކަން ސާބިތެއް ނުކޮށްދެވުނު. މަލީހު ނަގައިގެން އުޅޭ ޑިގްރީއަކީ ގަނެފަ އޮތް އެއްޗެއްކަން މިއޮތީ ސާބިތުވެފަ
ފުރަތަމަ ތިމާގެ އަމިއްލަ ހާލައް ވިސްނަބަލަ ކިޔޭނުކިޔޭ އެއްޗެއް އެބަ އެގޭބާ މަލީހު ފަހަތައްދާ ޑިގުރީ ނެގުމުން ކަމެއް އެބަކުރެވޭތަ
ނުކިޔަވާ މީހާ ވެރިކަމަށް ގެނައީވެސް ތިކިޔަވައިގެން ތިބިމީހުން އެކަމު އަޚުލާގު ގޮތުން ފެންނ ފެނުމުގަ ތިޖަމީލާ އާއި މާލީހުއަށްވުރެ ރަގަޅު
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ‘ހޮވިވަޑައިގަތީ މަގާމުގެ ޝަރުޠުފުރިހަމަވެގެންނެވެ . ލިޔެފައިއޮތް ސެޓްފިކެޓެއްނެތަސް ެއެމަނިކުފާނުގެ ކިބައިގާ އިލްމާއި ހިލްމު އެބަހުއްޓެވެ .މަލީހުގެ ގައިގާ ހިލްމުގެ ކަންފުޅެއްވެސް ނެތެވެ . ރައީސުހުންނެވީ ޑިގުރީނަހައްދަވާކަން މަލީހަށްއެގުނީ މިނިސްޓަރުކަމުން ވަކިކުރީމާ ހެއްޔެވެ؟.