ލަންކާއިން ގެއްލުނު ޒުވާނާ މަރައިލައިފައި އޮއްވާ ފެނިއްޖެ

އަވައްޓެރި ސްރީލަންކާއިން ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދިޔަ ޒުވާނާ މަރައިލައިފައި އޮއްވާ ފެނިއްޖެވެ.
އޭނާ މަރައިލައިފައި އޮއްވާ ފެނިފައި ވަނީ، ލަންކާގެ ދެހިވަލަ ބީޗްގެ ލޭރު ދަގަނޑުގެ ކައިރިންނެވެ. މިއީ ގިނަ އަދަދަކަށް ދިވެހިން އުޅެމުން އަންނަ ސަރަހައްދެކެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އަފްހަމް ނަސީރު ނަމަކަށް ކިޔާ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ލަންކާގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
އަފްހަމް އެންމެ ފަހުން ފެނިފައި ވަނީ ރޭ ދަންވަރު 11 ޖަހާ ކަންހައިއިރުއެވެ. އޭނާގެ ރަޙްމަތްތެރިޔަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އަފްހަމް ރޭ ހުރީ ވަރަށް ޑިޕްރެސްވެފައި ކަމަށެވެ.