ސިޔާސީ

ރައީސް ނަޝީދުގެ ސަބަބުން ލިބުނު ގެއްލުން މާބޮޑު: މަލީހު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު--

ދިވެހިރާއްޖޭގެ ޑިމޮކްރަަސީއަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތަށް ވުރެ، އެ މަނިކުފާނުގެ ސަބަބުން ލިބުނު ގެއްލުން ބޮޑު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު ވެރިިކަމުން، އަމިއްލަފުޅަށް އިސްތިއުފާ ދެއްވިތާ 10 އަހަރު ފުރުމާ ގުޅިގެން މަލީހު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދުގެ ފަރާތުން ރާއްޖެއަށް ލިބުނު ގެއްލުން ބޮޑު ކަމަށާއި، އޭގެ ތެރެއިން ވެސް އަށެއް ފެބްރުއަރީއަކީ އެމަނިކުފާނު މި ގައުމުގައި ހުޅުޖަހައި، ދައުލަތުގެ އެތައް މުދަލަކާއި ލިޔުންތަކެއް އަންދައިލި ދުވަހެއް ކަމަށެވެ.

މަލީހު ކުރެއްވި އިތުރު ޓްވީޓެއްގައި، ހަތެއް ފެބްރުއަރީ ސިފަ ކުރެއްވީ ދިވެހި ރައްޔިތުންނަށް ނަސްރެއް ލިބުނު ދުވަހުގެ ގޮތުގައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެއީ ފަހުގެ ތާރީހުގައި ދިވެހީންގެ މިނިވަން ދުވަސް ކަމަށެވެ.

އޭރުގެ އެމްޑީޕީގެ ވެރިކަމުގައި، ކޮރަޕްޝަނާއި ގައުމުގެ ހަރު މުދާ ވިއްކުން އޮތީ ހައްދު ފަހަނަ އަޅައިފައި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

8 ފެބްރުއަރީގެ "ބޮޑު ހުޅަށް" އިޝާރާތް ކުރައްވައި އޭނާ ވަނީ އަދިވެސް އެކަން ތަހުގީގު ނުކުރެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އެމަނިކުފާނަށް ތާއީދު ކުރާ ރައްޔިތުން ސިފަ ކުރާ ގޮތުގައި، އެ ދުވަހު ގެނެސްފައި ވަނީ ބަޣާވާތެކެވެ. އަދި އޭގެ އަނެއް ދުވަހު މިކަމާ ގުޅުވައި، ގިނަ ހަމަނުޖެހުންތަކެއް ހިންގައި، ގިނަ ތަންތަނުގައި ހުޅު ޖެހުމުގެ ހާދިސާތަކެއް ވެސް ހިނގިއެވެ.

Ads by Ooredoo
  1. އަލަމާރި

    ދެންމިޔޯ ކިހާބޮޑުބލއެއް

  2. އަލީ ބިން ޔޫސުފް

    މިއީ ރައީސް ނަޝީދުގެ ލޯބިވެރިއެކެވެ. މީނައާއި ޖަމީލުބެއަށް މިތިބެނީ ނަޝީދުފޯބިޔާ ޖެހިފައެވެ. ހަސަދައަށް ބޭސް ކުރާށެވެ. ވެރިކަމކީވެސް ﷲ ދެއްވާ އެއްޗެކެވެ.