ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައްޔިތުން އެދޭ ކަންކަން އެމްޑީޕީން ކޮށްދޭނެކަން ދައްކައިދޭން ޖެހޭ: އާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްޑީޕީގެ ލީޖީ ލީޑަރު އަލީ އާޒިމް--

ރައްޔިތުން އެދޭ ކަންކަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކޮށްނުދީ ނުތިބޭނެކަން ދައްކައިދޭން ޖެހޭ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި، މިއަދު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެޕާޓީއަށް ކާމިޔާބު ކުރެވުނީ، ހުރިހާ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.

އަދި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައި ދިނުމަށް ޓަކައި، ޕާޓީގެ ލީޑަރޝިޕުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ޝުކުުރު އަދާ ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމަންޑު ދާއިރާއަށް އިންތިހާބުވި މުހައްމަދު ރާޝިދަށް މަރުހަބާ ވިދާޅުވެ، އާޒިމް ވަނީ ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު ދަމަހައްޓައި، ވައުދުތައް ފުއްދުމަށް ޕާޓީން ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ ކެނޑިޑޭޓް ރާޝިދަށް  ލިބިވަޑައިގަތީ 1401 ވޯޓެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓާ އޭނާއާ ދެމެދު 200 އެއްހައި ވޯޓުގެ ފަރަގު ހުއްޓެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަލްއުސްތާޛު މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންފައިވަނީ 1161 ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރި 3 ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދު ވޯޓު ލިބިވަޑައިގެންފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ޢަބްދުލްހަންނާން އިދުރީހަށެވެ. އޭނާއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

Ads by HDC
  1. ޖާނޭ

    ދަބަހަކަށް ދިޔަކަން އެއީ ރައްޔިތުން އެދޭ ގޮތްތޯ؟