ދުނިޔެ

ދެ އަހަރު ފަހުން އޮސްޓްރޭލިއާ ހުޅުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކޮވިޑް-19އާ އެކު ބަންދުކުރި އޮސްޓްރޭލިއާ މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ހުޅުވައިލާން ނިންމައިފިއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާއިން އެ ޤައުމު ހުޅުވައިލައިފައި ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވައިލާން ނިންމައިފައި ވަނީ މި މަހު 21ވަނަ ދުވަހުއެވެ. އެ ޤައުމު ބަންދުކޮށްފައި ވަނީ، 2020ވަނަ އަހަރު މާރިޗް މަހުގެ ތެރޭގައެވެ.

ކޮވިޑް19އިން ރައްކާތެރިވުމަށް އޮސްޓްރޭލިއާގައި މީގެ ކުރިން އަޅައިފައި ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެކެވެ. މީގެ ކުރިން އެ ޤައުމަށް އެތެރެވެވެނީ ސަރުކާރުގެ ވަކި ހުއްދައެއްގެ ދަށުންނެވެ. އަދި ސަރުކާރުން އަންގާ ވަކި ތަނެއްގައި ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ.

"ޤައުމު މި ހުޅުވައިލީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް. އެ ނޫން މީހުންނަށް ކުރިން ވެސް އޮންނަ އުސޫލު އޮންނާނީ" އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ޤައުމާ މުޚާތަބު ކުރައްވަމުން އިއްޔެ ވިދާޅުވިއެވެ.

އޮސްރޭލިއާއަށް އެތެރެވުމުގެ ހުއްދަ މީގެ ކުރިން ދީފައި ވަނީ މަދު ބަޔަކަށެވެ. ޑިޕްލޮމެޓިކް މީހުން ފިޔަވާ އިތުރު ބަޔަކަށް މިދިޔަ ޑިސެންބަރު މަހުގެ ކުރިން ހުއްދަ ދީފައެއް ނުވެއެވެ.

ވެކްސިން ނުޖަހާ މީހުން، މެޑިކަލް ވިސާގައި ޤައުމަށް އެތެރެވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. މިގޮތުން، ވެކްސިން ނުޖަހާ މީހުން ޤައުމަށް އެތެރެވުމާ އެކު ވެކްސިންގެ ޑޯޒް ޖަހައި ކަރަންޓީން ކުރެއެވެ.

އޮސްޓްރޭލިއާގައި މިހައިތަނަށް 2.7 މިލިޔަން މީހުންނަށް ކޮވިޑް-19 ޖެހިފައިވެވެ. އޭގެ ތެރެއިން 4,240 މީހަކު ވަނީ ނިޔާވެފައެވެ. އެ ޤައުމުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!