ދުނިޔެ

9 އަހަރުގެ ކުއްޖެއް ވަޅެއްގައި ތާށިވެފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ވަޅަކަށް ވެއްޓުނު 9 އަހަރުގެ ކުއްޖެއް ސަލާމަތް ކުރުމުގެ މަސައްކަތް އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ފަށައިފިއެވެ.

Ads by Sosun Fihaara

9 އަހަރުގެ މި ކުއްޖާ ވަޅަކަށް ވެއްޓި، ތާށިވެފައި އޮތްތަން ދެ ދުވަސް ވެފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މި ހާދިސާގައި ހިނގައިފައި ވަނީ އަފްޣާނުގެ ދެކުނު ޒަބުލް ޕްރޮވިންސްގައެވެ. އެ ސަރަހައްދުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ކުއްޖާ ތާށިވެފައިފައި ވަނީ 33 ފޫޓް އަޑީގައެވެ.

ވަޅުގައި ތާށިވެފައި އޮތް ކުއްޖާއާ ދިިރިހުރިކަން ވަނީ ޔަޤީން ކުރެވިފައެވެ.މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ވަޅުގައި ތާށިވެފައި ވަނީ އެކުއްޖާގެ ފައެވެ. މި ވީޑީއޯ ނަގައިފައި ވަނީ، ފޯނެއް ވަލެއްގައި އެއްސުމަށް ފަހު ވަޅަށް ތިރިކޮށްގެންނެއެވެ.

އެ ވީޑިއޯގައި އެ ކުއްޖާ ވާހަކަ ދައްކާ އަޑު އިވެއެވެ. އަދި، އަވަހަށް ސަލާމަތްކޮށްދިނުމަށާއި ވަރަށް ބިރުން ހުރި ކަމަށް ބުނެއެވެ.

މި ކުއްޖާ ސަލާމަތް ކުރުމަށް، ވަޅުގެ ވަށައިގެންދަނީ ކޮންނަމުންނެވެ.

މީގެ ދެ ހަފްތާ ކުރިން، މޮރޮކޯގައި ރަޔަން ނަމަކަށް ކިޔާ ފަސް އަހަރުގެ ކުއްޖެއް ވެސް ވަޅެއްގައި ތާށި ވެގެން ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ. މި އޮޕަރޭޝަންގައި ހަތަރު ދުވަސް ފަހުން ކުއްޖާ ވަޅުން ނެގުނުއިރު، އެ ކުއްޖާ އޮތީ މަރުވެފައެވެ. ރަޔަން ތާށިވި ވަޅު ގޮތަށް، މި ވަޅު ވެސް ހިމަ ކަމުން، ކުއްޖާ ސަލާމަތް ކުރެވެން އޮތީ ވަޅު ކޮނެގެންނެވެ.

Ads by Ooredoo
  1. އިބާ

    ތި ވަޅުތައް ކޮންނަ ބަޔަކުވެސް ރައްކާތެރި ގޮތަކަށް ތިތަންތަން މެނޭޖް ކުރަންވެއްޖޭނުން.