ޚަބަރު

ފުވައްމުލަކު ވީދަނޑުގައި އަލިފާން ރޯވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޏ.ފުވައްމުލަކު ހޯދަޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ވީދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 18:00 ހައިއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!