އެމްފައިސާ މެދުވެރިކޮށް ވައިބާއިން ފައިސާ ދެއްކޭ ގޮތް ހަދައިފި
އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ މެސެޖިންގ ޕްލެޓްފޯމް، ރަކުޓެން ވައިބަރއާ އެކު ޕާޓްނަރވެ، ވައިބަރ މެދުވެރިކޮށް ފަސޭހަކަމާ އެކު އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.
އުރީދޫން މި އީޖާދީ ހިދުމަތް ތައާރަފްކޮށްފައި ވަނީ، ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް އަދި ކޯނަރ ޝޮޕްތައް ފަދަ ކުދި ވިޔަފާރި ވެރިފަރާތްތަކަށް އިތުބާރާއި ފަސޭހަކަމާ އެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
ވައިބާމެދުވެރިކޮށް އެމް-ފައިސާއިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކެއް ލިބޭނެކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. މި އޮފަރ ލިބިގެންދާނީ ސުލްވަރި ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރައްވައިފައިވާ ކަސްޓަމަރުންނަށެވެ.
ވައިބަރ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިންގ ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާއާ ގުޅުވައިލަދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސާކުރުމަށް ވައިބަރ ބޭނުންކުރާ ކުރުން ވަނީ އިތުރުވެފައެވެ. މިއާ އެކު ސްކޭމްތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުން ވެސް ވަނީ އިތުރުވެފައެވެ. މި ޚިދުމަތާ އެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތު ހިއްސާ ނުކޮށް، އިތުބާރާއެކު ފައިސާގެ މުއާމަލާތް ކުރުމަށް މަގު ފަހިވެގެންދެއެވެ.
ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ކާމިޔާބުކަމާ އެކު ޓްރާންސްފަރއެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތަށް ވެސް ވަގުތުން ކޮންފަމޭޝަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވައިލުމުގެ ފުރުސަތު ނައްތާލުމަށް އެހީތެރިވެދެއެވެ. އެއް ޕްލެޓްފޯރމެއްގެ ތެރެއިން ފައިސާ ފޮނުވާ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަލް ފައިނޭޝަލް ޕްލެޓްފޯރމް
ތަކަށް ކަސްޓަމަރުން އަހުލުވެރިކުރުވުމަށް ވެސް ބާރުއެޅޭކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
“ވައިބަރއާ ޕަރޓްނަރވެ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ވައިބަރއަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ޚިދުމަތަކީ
ކަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ވެސްމެ. އަޅުގަނޑުމެންގެ މުޖުތަމައުތައް އިތުރު ހަރުފަތަކަށް ގުޅުވައިލަދިނުމަށް މިފަދަ އައު އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން” އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.
އެ ކުންފުނީގެ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވީ ވައިބައިން ފޮނުވާ މެސެޖުތަކަކީ އެންކްރިޕްޓް މެސެޖުތަކެއް ކަމުން ޑޭޓާ ރައްކާ ކޮށްފައި ނުހުންނާނެ ކަމަށެވެ. އެހެންވެ، ހާސްކަމެއް ނެތި އެ އެޕް މެދުވެރިކޮށް އެމްފައިސާއިން ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް ވައިބާ ޗެޓް ހުޅުވައިލުމަށްފަހު ޖިފް+ ބައި ހުޅުވައި އެމްފައިސާ ހިޔާރު ކުރެވޭނެއެވެ. އެއަށް ފަހު އެމްފައިސާ އެކައުންޓަށް ލޮގިންވެ، ފައިސާ ފޮނުވަން ސެލެކްޓްކޮށް ފައިސާ ފޮނުވަން ބޭނުންވާ މީހާގެ ނަންބަރާއި ފައިސާގެ އަދަދު ޖަހައި "ޝެއާ ރިސީޓް" ސެލެކްޓް ކުރުމުން ފައިސާ ފޮނުވައި ރަސީދު ވެސް އަމިއްލައަށް ދާނެއެވެ.