ފުލުސް އޮފިސަރެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ނ. މިލަދޫގައި ފުލުސް އޮފިސަރެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން، 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސްމީހާގެ ސައިކަލް އަންދައިލައިފައި ވަނީ އެ ރަށުގައި ޑްރަގުގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު ފުލުހަކު ހުއްޓުވުމުންނެވެ.