ޚަބަރު

އަންހެން ކަނބަލުންނަށް ސިޔާސީ ދާއިރާގައި ވެސް ކުރިޔަށްދެވޭނެކަން މާރިޔާ ސާބިތު ކޮށްދެއްވައިފި: މޫސަ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންހެން ކަނބަލުންނަށް ސިޔާސީ ދާއިރާގައި ވެސް ކުރިޔަށްދެވޭނެކަން މާރިޔާ ދީދީ ސާބިތު ކޮށްދެއްވައިފި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޫސަ މިފަދައިން ވިދާޅުވީ ރާއްޖެ އެތެރެކުރާ ކޮންމެ ތިން ކުކުޅު ބިހަކުން ދެ ބިހަކީ އިންޑިއާއިން އެތެރެކުރާ ބިސް ކަމަށާއި، އެހެންކަމުން އިންޑިއާ އައުޓް ކިޔުން ރަނގަޅު ނޫންކަމަށް ކަމަށް މާރިޔާ ވިދާޅުވުމާ ގުޅިގެން އިދިކޮޅުގެ ފާޑުކިޔުން އެ ކަމަނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހާއި، 8ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުމުގައި ބާޣީން ތަޅައި އަނިޔާކުރި މާރިޔާ މިއަދު އެހުރީ ސިފައިންގެ ވަޒީރަށް ވެފައި ކަަމަށެވެ. މީގެ އިތުރުން މޫސަ ވިދާޅުވީ އެ ދުވަހު ވެސް މާރިޔާ ފަހަތުން ދުވި މީހުން މިއަދު ފެންނަކީ ބިސްގޯނި ހިފައިގެން ދުވާ މަންޒަރުކަމަށެވެ.

“ޤައުމީ ކަންކަމުގައި އަންހެން ކަނބަލުންނަށް ސިޔާސީ ދާއިރާގައި ވެސް ކުރިޔަށްދެވޭނެކަން މާރިޔާ ދީދީ ސާބިތު ކޮށްދެއްވައިފިއެވެ. 7-8 ފެބްރުއަރީގައި ބާޣީން ތަޅާ އަނިޔާކުރި މާރިޔާ މިއަދު އެހުރީ ސިފައިންގެ ވަޒީރަށެވެ. އޭރުގެ ބާޣީން މިއަދު ވެސް މާރިޔާ ފަހަތުން ބިސްގޯނި ހިފައިގެން ދުވަނީއެވެ” މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް އިންޑިއާ އައުޓް ކެމްޕެއިނުން ގައުމަށް ލިބޭނެ ގެއްލުންތައް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ކުރާ ދިރާސާއާ ގުޅިގެން އެމްއެންޑީއެފްގެ އިސްވެރިން ހާޒިރުކޮށްގެން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ވަކި ގައުމެއްގެ ވަކި ނަސްލެއްގެ މީހަކަށް ވީތީ ދިމާކޮށް ކަންކަން ކުރާ ނަމަ، ދިވެހިންނަށް ނުރައްކާ ވެދާނެ ކަމަށެވެ.

އަދި ރާއްޖެ އެތެރެކުރާ 80 ޕަސެންޓު ފިޔަޔާއި އަލުވި ވެސް ގެންނަނީ އިންޑިއާއިން ކަމަށް މާރިޔާ ވިދާޅުވިއެވެ.

Ads by HDC
  1. މާރިޔާ އަކީ ގާބިލް އަންހެން ކަނބަލެކޭ ބުނެވޭނެ ޖާގައެއް ނެތް. އިއްޔެ މަޖިލީސް ތެރޭގަ ގާނޫނު އަސާސީ އަށް ފައިން އަރައިގެން ހުރީ އެޔަށް އެއްވެސް ގަދަރެއް ނުކޮށް. އަޑުގަދަ ކޮށްލީމަ ތަންތަަނަށް ހޮވަނީ. މާ ގާބިލު ވެގެނެއްނޫން.