މަރަދޫފޭދޫ ފަޅު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މަރަދޫފޭދޫ ގެއެއްގެ ތެރޭގައި ފިރިހެނަކު ނިޔާވެފައި އޮއްވައި ފެނިފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.